ކޯވިޑުން ރަނގަޅުވާތާ 60 ދުވަސްތެރޭ ކަރަންޓީން ނުވެ ދަތުރު ކުރެވޭ ގޮތް ހަދައިފި

ކޯވިޑް-19 ޖެހި ރަނގަޅުވާ މީހުން ކަރަންޓީން ނުވެ ރަށްރަށަށް ދަތުރު ކުރުމުގެ ހުއްދަ ދީފި އެވެ. މި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލި...

29 Jun 2021 | 12:09

ކޯވިޑް-19 ޖެހި ރަނގަޅުވާ މީހުން ކަރަންޓީން ނުވެ ރަށްރަށަށް ދަތުރު ކުރުމުގެ ހުއްދަ ދީފި އެވެ.

މި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ދަތުރު ކުރުމުގައި ކޯވިޑް ޖެހިފައިވާ މީހުންނަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދެ މަސް ދުވަސް ނުވަތަ 60 ދުވަސް ވަންދެން ކަރަންޓީން ވުމަކައި ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި ވަރަށް ބޮޑަށް ކޯވިޑް ކޮންޓްރޯލްވެފައި ވީނަމަވެސް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އިތުރު ލުއިތަކެއް ދޭން ނިންމާފައެއް އަދި ނުވެ އެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުން ފެށިގެން ދޭ ލުއިތަކުގެ ތެރޭގައި މާލޭގެ ކާފިއު ވަގުތު ކުޑަކޮށް އެނޫން ގަޑިތަކުގައި އާންމުކޮށް ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ދީފައިވެ އެވެ. އަދި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ.

މީގެ އިތުރުން ކާފިއު ވަގުތު ނޫން ހުރިހާ ވަގުތެއްގައި ރެސްޓޯރެންޓުތަކާއި ކެފޭތައް އާންމުކޮށް ހުޅުވާލައިގެން ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް