އެޗްއެމްއެފްގައި ބަލި މީހާއަށް އަނިޔާ ކުރި ބިދޭސީ މީހާގެ ޝަރީއަތް ނިމެންދެން ބަންދަށް

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް ކޯވިޑް ބަލި މީހަކަށް އަނިޔާ ކުރި މައްސަލައިގަ ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ ޝަރިފް ހާން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނ...

29 Jun 2021 | 11:46

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް ކޯވިޑް ބަލި މީހަކަށް އަނިޔާ ކުރި މައްސަލައިގަ ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ ޝަރިފް ހާން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި އެ ހާދިސާ ފަޅާ އެރީ ފެސިލިޓީގައި އެޑްމިޓް ކޮށްފައި އޮތް މީހަކު ވީޑިއޯ ކޮށް އެކަން ސޯޝަލް މީޑިއާގައި އާންމު ކުރުމުންނެވެ. އެ މައްސަލައިގަ އަނިޔާ ލިބިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށެވެ. ޝަރިފް އަކީ އެމީހާ ބަލަން އާއިލާއިން ފެސިލިޓީއަށް ފޮނުވާފައި ހުރި މީހާ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލައިގަ ޝަރިފްގެ މައްޗަށް ދައުވާ އުފުލީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަނިޔާ ދިނުމުގެ ދައުވާ އެވެ.

އެ ދައުވާ އުފުލީ ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުންނެވެ.

ޝާފިއު ވިދާޅުވީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރީ ދައުލަތުން ކޯޓުގައި މިއަދު އެގޮތަށް އެދުމުން ކަމަށެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ބަލި މީހާ ކައިރީގައި ހުރި އެ މީހާ ވަރަށް ބާރަށް ބަލި މީހާގެ ކޯތާފަތްމަތީ ޖަހަ އެވެ. އަދި ތަދުވެގެން އެމީހާ ވަރަށް ބޮޑަށް ރޯން ފަށައެވެ. އެ މީހާ ރޯން ފެށުމުން ބިދޭސީ މީހާ އެ ތަނުން ދުރައްދާތަން ފެނެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް