ކޮވިޑާއި ގުޅިގެން މިހާރު އިއުލާނުކޮށްފައިވާ ކާފިއު އަށް ބޮޑު ލުއިތަކެއް ދީ ކެފޭ ރެސްޓޯރެންޓްތައް ރޭގަނޑު އަށަކާއި ހަމައަށް އިން ޑައިނިން ހިދުމަތް ދެވޭގޮތަށް ހުޅުވާފައި ބެހެއްޓޭގޮތަށް ބަދަލުގެނެސްފިއެވެ.
މި ބަދަލަށް އަމަލުކުރަން ފަށާނީ ބުރާސްފަތި ދުވަހުން ފެށިގެންްނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން މާލޭގައި ކާފިއު ވަގުތުނޫން ހުރިހާ ގަޑިއެއްގައި ކެފޭ ރެސްޓޯރެންޓުތަކާއި ވިޔަފާރިތަކަށް ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ރެސްޓޯރެންޓް ކެފޭތަކުގައި ޑައިން އިންގެ ހިދުމަތް ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުތުމަށް ފުލުހުންގެ ޕޯޓަލްއިން ފާސް ހޯދަންވެސް ނުޖެހޭނެ ކަމަށާއި އާންމުކޮށް ހުރިހާ އެންމެންނަށް ބޭރަށް ނުކުމެ އުޅެވޭނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޯވީޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއި ދިން ނަމަވެސް ހާލަތު ގޯސްވެއްޖެ ކޮންމެ ހިނދެއްގައި އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭނެކަން ރައްޔިތުންނަށް ހަނދާން ކޮށްދެއްވާ ކަމަށެވެ.
މި ބަދަލު ގެނައީ މާލޭގެ ކޯވިޑްގެ ހާލަތު ރަނގަޅުވުމުންނެވެ. މިހާރު އާންމުކޮށް ކޮންމެ ދުވަހަކު މާލެއިން ކޯވިޑް ޖެހެނީ 50 އަށްވުރެ ދަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް