ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މަޖިލީހުގެ ރައީސް މުހައްމަދު ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭގެ ސެކިއުރިޓީ ދަށްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ސެކިއުރިޓީ ދަށްކޮށް މަޖިލީހުގެ ނައިބު އީވާ އަބްދުﷲގެ ގެކޮޅަށް ސެކިއުރިޓީ ދިނުން ވަނީ އެއްކޮށް ހުއްޓާލާފައެވެ.
މޭ 6ގެ ހަމަލާއަށްފަހު ގ. ކެނެރީގޭ ސެކިއުރިޓީ ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ލައިވް ވަޒަނާއެކު 6 އެމްއެންޑީއެފް ބޭކަލުންނާއި، ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕްގެ ބޭކަލަކު ބަހައްޓާފައި ހުއްޓެވެ،
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގޭ ސެކިއުރިޓީގެ ގޮތުގައި މިހާރު ހުންނަނީ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕްގެ ބޭކަލެއް އެކަންޏެވެ. އަދި އީވާ ދިރިއުޅުއްވާ ގެކޮޅުގައި ކުރިން އެމްއެންޑީއެފް ސިފައިން ހަރަކަތްތެރިވަމުން ދިޔަ ނަމަވެސް މިހާރު ހަރަކާތްެރި ނުވެއެވެ.
ރައީސް ނަޝީދު އަވަހަރާކޮށްލަން ދިން އެ ހަމަލާއަށް ފަހު، އީވާގެ ގެކޮޅަށް ވެސް ސެކިއުރިޓީ ދޭން ފެށިއެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ގެކޮޅުތަކަށްވެސް ސެކިއުރިޓީ ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.
ސުވާލުކުރުމުން ޖަވާބު ނުދެއްވާތޯ އެމްއެންޑީއެފްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް