ބ. މާޅޮހު ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި

ބ.މާޅޮހުގެ ފެނައި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޑަބްލިއުއެސްސީންނެވެ. އެ ކުންފުނިން ބުނީ ބުނީ މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކު...

29 Jun 2021 | 09:27

ބ.މާޅޮހުގެ ފެނައި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޑަބްލިއުއެސްސީންނެވެ.

އެ ކުންފުނިން ބުނީ ބުނީ މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތެވެ. ފެނާއި ނަރުދަމާގެ މަސައްކަތްކުރަން ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު މާޅޮހަށް ވަނީ ގެންގޮސްފައި ކަމަށެވެ.

މާޅޮހުގައި ގާތްގަނޑަކަށް ފަސް ކިލޯ މީޓަރުގެ ފެން ހޮޅީގެ ނެޓްވޯކެއް އަޅާނެ އެވެ. މީގެ އިތުރުން އާރްއޯ ފެސިލިޓީ ބިލްޑިންގާއި ފެން އުފެއްދުމަށްޓަކާއި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅޮހުގައި 4.5 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 250 މީޓަރގެ ޕަންޕިން ލައިން އެޅުމަށް ހަމަޖެހިފައިވެ އެވެ. އަދި ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، ދެ ޕަންޕިންގ ސްޓޭޝަނާއި އަދި ސީ އައުޓް ފޯލެއް ޤާއިމްކުރުން ހިމެނެއެވެ.

މަޝްރޫއު ނިމޭއިރު ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުއަށް ސަރުކާރުން 60 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. މި މަޝްރޫއު އެއް އަހަރާއި ހަ މަސް ތެރޭ ނިންމަން ޖެހޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް