ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ،
މަބުރޫކް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް މިއަދު ހަވީރު 04:00ގައި ނޫސްވެރިންނާ ބައްދަލުކުރައްވާމެ ކަމަށެވެ. އަދި އެ މަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާއިރު، އެ މަނިކުފާނު އަރިހުގައި ސިއްހަތާބެހޭ ވަޒީރު އަހުމަދު ނަސީމާ، އިޣްތިޞާދާބެހޭ ވަޒީރު ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
https://twitter.com/MvSpokesperson/status/1409787447915945984
ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާ ސީދާ ސަބަބެއް މަބްރޫކް ވިދާޅު ނުވި ނަމަވެސް، މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ސިއްހީ އަދި އިޤްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް