ވޭވަށު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ވެސް ނިމުމަކާއި ގާތަށް

މ. ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 88 ޕަސެންޓް ނިމިއްޖެ އެވެ. މި މަޝްރޫއު ހިންގާ  މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މި މަޝްރޫޢުގެ ދަ...

29 Jun 2021 | 08:22

މ. ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 88 ޕަސެންޓް ނިމިއްޖެ އެވެ.

މި މަޝްރޫއު ހިންގާ  މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މި މަޝްރޫޢުގެ ދަށުން، ހާބަރ ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތްތައް 28 ޖޫން 2021 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 66،831 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 380 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ. އަދި މަގު ބައްތި ހަރުކުރުމާއި، 1،880 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީ އިންް  މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އަމަލީ ގޮތުން ހަވާލު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޯގަސްޓް 27 ގައެވެ.

ބަނދަރުގެ މައްސަލައަކީ އެރަށަށް ދިމާވެފައިވާ ބޮޑު މައްސަލަ ކަމަށްވާއިރު، މި މަޝްރޫއަކީ 500 ދުވަސް ތެރޭގައި އަޕްގްރޭޑް ކުރުމަށް ހަވާލު ކޮށްފައިވާ މަސައްކަތެކެވެ. އަދި މަޝްރޫއަަށް 48,863,172.98 ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި މަޝްރޫއުގެ މަސައްކަތް ނިންމުމަށްޓަކައި ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާއިރު ރަށުގެ ރައްޔިތުންގެ އުއްމީދަކީ ވީހާ ވެސް އަވަހަށް މި މަޝްރޫއު ނިމުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް