ހިޔާ ފްލެޓްގެ ޑްރާފްޓް އެއްބަސްވުމަށް ހިޔާލު ހޯދަނީ

ހިޔާ މަޝްރުއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކުގެ ޑްރާފްޓް އެއްބަސްވުމަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީ އިން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކޮށްފައިވަ އިއުލާނެއްގަ...

29 Jun 2021 | 07:07

ހިޔާ މަޝްރުއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކުގެ ޑްރާފްޓް އެއްބަސްވުމަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީ އިން

ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކޮށްފައިވަ އިއުލާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް-2 އިން ވިއްކުމަށް ހަމަޖެހިފައިވާ 6,720 ފުލެޓްތަކަށް ހޮވިފައިވާ ފަރާތްތަކުން ފްލެޓްގެ ޑްރާފްޓް އެއްބަސްވުމަށް އެއްވެސް ހިޔާލެއް ހުށަހަޅަން ބޭނުންވާނަމަ އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން ހުށަހަޅަން ބޭނުންވާ ހިޔާލުތައް ޖުލައި 1 ކުރިން އެޗްޑީސީއަށް މެއިލް ([email protected]) ކުރުމަށް އެދިފައިވެއެވެ.

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއި ކުރަން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 14 ވަނަ ދުވަހުއެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރާ ދުވަހު ފްލެޓްތަކުގެ ތަޅުދަނޑިވެސް ހަވާލުކުރާކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެ ފްލެޓުތައް ލިބުނު ފަރާތްތަކައި އެކު އަންނަ މަހުގެ14 ވަނަ ދުވަހުން ފެށިގެން އެގްރިމެޓުގައި ސޮއި ކުރުމުގެ މަސައްކަތް ފަށާނެ އެވެ.

މިހާރު ކުރިޔަށް ދަނީ ފްލެޓުތައް ލިބުނު ފަރާތްތަކަށް އެ ތަންތަން ދެއްކުމުގެ މަސައްކަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް