މާލޭ ހިޔާ ފްލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލައިފި

ކޯވިޑް-19 އާއި ގުޅިގެން މާލޭ ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދުގައި ހުޅުވި ފްލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލައިފި އެވެ. އެޗްޕީއޭއިން ބުނީ އިއްޔެއިން ފެށިގެން އެ ކްލިނިކްގެ ހިދުމަތް އަނެއްކާވެސް މެދުކ...

29 Jun 2021 | 07:02

ކޯވިޑް-19 އާއި ގުޅިގެން މާލޭ ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދުގައި ހުޅުވި ފްލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

އެޗްޕީއޭއިން ބުނީ އިއްޔެއިން ފެށިގެން އެ ކްލިނިކްގެ ހިދުމަތް އަނެއްކާވެސް މެދުކަނޑާލާފައިވާ ކަމަށެވެ. ކޯވިޑާއި ގުޅިގެން ހުޅުވި އެ ފްލޫ ކްލިނިކް މީގެ ކުރިން ބަންދު ކުރީ މާލޭގެ ކޯވިޑްގެ ހާލަތު ރަނގަޅުވުމުންނެވެ.

އަދި ފަހުން އަލުން ހުޅުވީ ކޯވިޑް ކޭސްތައް އިތުރުވާން ފެށުމުންނެވެ.

އެޗްޕީއޭއިން ބުނީ މާލޭ ހިޔާ ފްލޫ ކްލިނިކް ބަންދުވިޔަސް މާލެ ސަރަހައްދުގެ އިތުރު ތިން ފްލޫ ކްލިނިކަކުން ކުރެއެކޭ އެއްގޮތަށް ހިދުމަތް ލިބޭނެ ކަމަށެވެ. އެއީ ސެނަހިޔާ ފްލޫ ކްލިނިކް، ވިލިމާލޭ ފްލޫ ކްލިނިކް އަދި ހުޅުމާލޭ ފްލޫ ކްލިނިކެވެ.

މި ތަންތަނަށް ޑޮކްޓަރަށް ދައްކަން ދިއުމަށް ފުލުހުން މެދުވެރިކޮށް ހުއްދަ ހޯދަން ޖެހޭނެ އެވެ.

މާލޭގެ ކޯވިޑްގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައިވެ އެވެ. އެންމެ ފަހުން ރޭ އާންމު ކުރި ކޯވިޑްގެ ތަފާސް ހިސާބު ދައްކާގޮތުން މާލެއިން އިއްޔެ ކޯވިޑަށް ޕޮސިޓިވްވީ 28 މީހުންނެވެ.

ކޯވިޑްގެ ކޭސްތައް މަދުވިޔަސް ވައިރަސް ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއި މެދު ގޮތެއް ނިންމާނީ އަންނަ ހަފްތާގައި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް