ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ މެންދަމު 2:33 ގައި އެވެ.
މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.
މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 210 ވަނަ މީހާ އެވެ.
އެންމެ ފަހުން ކޯވިޑްގައި މީހަކު މަރުވީ މިދިޔަ ހުކުރު ދުވަހު އެވެ. ހއ. ދިއްދޫގައި އެ ދުވަހު ކޯވިޑް ޖެހިގެން މަރުވީ 51 އަހަރުގެ ބިދޭސީ އެކެވެ.
ރާއޖޭގެ ކޯވިޑްގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި އެވެ. މިވަގުތު 3،883 މީހުންނަށް ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދާއިރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ތިބީ އެންމެ 27 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް