ކުޅުދުއްފުށީގައި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީ ގެއެއްގެ ގޯތި ތެރޭގައި ބަހައްޓާފައިހުރި ސައިކަލްތަކެއްގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 43 އަ...

29 Jun 2021 | 05:09

ހދ. ކުޅުދުއްފުށީ ގެއެއްގެ ގޯތި ތެރޭގައި ބަހައްޓާފައިހުރި ސައިކަލްތަކެއްގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެެއް ކަމަށް ފުލުހުން ބުނެވެ. މި 3 މީހުންގެ ތެރެއިން  43 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އަދި 35 އަހަރުގެ މީހާ މިމަހުގެ 26 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު 36 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 36 އަހަރުގެ މީހާއަށް 15 ދުވަސް، 35 އަހަރުގެ މިހާއަށް 10 ދުވަސް އަދި 43 އަހަރުގެ މީހާއާއަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 35 އަހަރުގެ މިހާއާއި 36 އަހަރުގެ މީހާއަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި އަދި މާރާމާރީގެ ރެކޯޑްސް އޮންނަ މީހުންނެވެ.

ހދ. ކުޅުދުއްފުށީ ގެއެއްގެ ގޯތި ތެރޭގައި ބަހައްޓާފައިހުރި ސައިކަލްތަކެއްގައި އަލިފާން ރޯށްލާފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ. މި ހާދިސާގައި އެތަނުގައި ހުރި ދެ ސައިކަލަކާއި ބެޓަރީ ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އެތަނުގައި ހުރި އެހެން ސައިކަލަކަށް އެކިވަރުގެ ގެއްލުން ވެފައިވެއެވެ.

މިމައްސަލަ ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް