ޓެކްސީ ޑްރައިވަރުންގެ ޝަކުވާ: ކާރު ޒޯންގައި މި ހުރީ ސައިކަލެއް ކާނުގައި ޗޭނު ޖަހައި ތަޅު އަޅުއަވާފައި!

މާލޭ އާސަހަރާ ކުރިމަތީގައި ކާރު ޕާކުކުރަން އޮންނަ ޕާކިންގ ޒޯންގައި، ކާނުގަނޑާއެކު ސައިކަލެއްގައި ޗޭނު ޖަހައި ތަޅު އަޅުއަވާފައި ހުންނަ މައްސަ؛ލައެއް ބޮޑުވެއްޖެއެވެ. އެ ސަރަހައްދުގައި އާންމުކޮށް ކާރު ޕާ...

29 Jun 2021 | 04:58

މާލޭ އާސަހަރާ ކުރިމަތީގައި ކާރު ޕާކުކުރަން އޮންނަ ޕާކިންގ ޒޯންގައި، ކާނުގަނޑާއެކު ސައިކަލެއްގައި ޗޭނު ޖަހައި ތަޅު އަޅުއަވާފައި ހުންނަ މައްސަ؛ލައެއް ބޮޑުވެއްޖެއެވެ.

އެ ސަރަހައްދުގައި އާންމުކޮށް ކާރު ޕާކުކުރާ ޑްރައިވަރަކު ދުވަސް އަށް ބުނީ، އެ ތަނުގައި ސައިކަލު ބަހައްޓަނީ ޓެކްސީ ޑްރައިވަރަކު ކަމަށެވެ. އަދި އޭނާ އެ ގޮތަށް ކަންތައް ކުރަނީ، ކާރު ދުއްވުމަށް ފަހު ޕާކުކުރާނެ ޖާގައެއް ކަށަވަރުކުރުމުގެ ބޭނުމުގައި ކަމަށް މައުޟޫމާތު ދިން ޑްރައިވަރު ބުންޏެވެ.

އޭނާ ބުނީ، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ޕާކުކުރާނެ ޖާގަ މަދު މި މާލޭގައި އެ ގޮތަށް ކަންތައް ކުރުމުން އެތައް ބައެއްގެ ހައްގުގެއްލިގެންދާ ކަމަށެވެ. އަދި މަގުގެ އަނެއް ފަރާތުގައި ސައިކަލު ޕާކުކުރާން ގިނަ ޖާގަތައް ހުރި ޒޯނެއް އޮތް އިރު، އެ ތަނުގައި ޕާކު ނުކޮށް ސީދާ ކާރު ޒޯންގައި ޕާކުކުރުމަކީ އެންމެ ރަަނގަޅު ގޮތް ނޫން ކަމަށް އޭނާ ބުނެއެވެ.

ޑްރައިވަރު އިތުރަށް ބުނީ، އެ ޒޯންއަކީ ކާރު ޕާކުކުރުމަށް ހާއްސަ ޒޯނެއްކަން އެނގޭ ގޮތަށް މަގުގައި ޖަހާފައި ހުރި ނިޝާން ބޯޑު ވެސް މީހަކު ނައްޓާލާފައިވާ ކަމަށެވެ.

މާލޭގައި ޕާކުރާނެ ޖާގަ ކަށަވަރު ކުރުމަށް މަގުމަތީގައި އެއްޗެހި ބަހައްޓާ މައްސަލައަކީ ހައްލު ނުވެފައި އޮތް މައްސަލައެކެވެ، މި ކަމުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް