ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް ފެށިއްޖެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިވެސް ކުރިޔަށް ގެންދިޔައީ އެ ކުންފުނިންނެވެ.
އެމްޓީސީސީން ބުނީ ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ނިމޭއިރު 4,960 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހިނގާ ސަރަޙައްދެއް ގާއިމް ކުރާނެ ކަމަށެވެ. އަދި 17,790 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދެއް ހަދާނެ ކަމަށެވެ.
މީގެ އިތުރުން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. އެމްޓީސީސީން ބުނީ މަޝްރޫއު އެއްކޮށް ނިމޭއިރު ސާވިސް ލައިން އެޅުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.
މި މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީންނެވެ.
މިއީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް