ޑެންގީހުން އިތުރުވާތީ ރޭގަނޑުގަޑީގައި ދަމަނަވެށި ހުޅުވަން ނިންމައިފި

މި ދުވަސްވަރަކީ ޑެންގީ ހުމުގެ އިތުރުން ބޭރަށް ހިންގުންފަދަ ރޯގާ މާލޭގައި އާދަޔާހިލާފަށް ގިނަ ދުވަސްވަރަކަށްވާތީ ކޮންމެ ދުވަހެއްގެ ރޭގަނޑުވެސް ދަމަނަވެށި ހުޅުވިފައި ހުންނާނެ ކަމަށް ހެލްތު މިނިސްޓްރީން ...

29 Jun 2015 | 11:08

މި ދުވަސްވަރަކީ ޑެންގީ ހުމުގެ އިތުރުން ބޭރަށް ހިންގުންފަދަ ރޯގާ މާލޭގައި އާދަޔާހިލާފަށް ގިނަ ދުވަސްވަރަކަށްވާތީ ކޮންމެ ދުވަހެއްގެ ރޭގަނޑުވެސް ދަމަނަވެށި ހުޅުވިފައި ހުންނާނެ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އާއްމު ބަލިތަކުގެ ބަލިމީހުން ބެލުމަށް ރަސްމީ ގަޑީގެ އިތުރުނ 30 ޖޫން އިން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ރޭގަނޑު 9:30 އިން 10:30 އަށް ދަމަނަވެށި ހުޅުވިފައި ހުންނާނެ ކަމަށެވެ.

ހުންއައުމާއި އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުންފަދަ އާއްމު ބަލިތަކަށް ފަރުވާ ހޯއްދަވަން ބޭނުންފުޅު ފަރާތްތަކަށް ދަމަނަވެށިން ބަންދުނޫން ދުވަސް ދުވަހު ހެނދުނު 10:00 އިން މެންދުރު 2:00 އަށް އަދި 30 ޖޫން އިން ފެށިގެން ރޭގަނޑު 9:30 އިން 10:10 އަށް ހިދުމަތް ލިބޭނެ ކަމަށްވެސް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް