އިންޑިއާ ޕަޓްނާ ސްޓޭޓްގެ ސިޓީއެއްކަމަށްވާ ނަލަންދާގައި އާންމުންގެ ބަޔަކު ނިކުމެ އަވަށުގެ ޕްރައިވެޓް ސްކޫލެއްގެ ޑިރެކްޓަރަކު ހަވަރަށްދީ މަރާލައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުން އެ ހާދިސާގައި މަރުވެފައިވަނީ އެ ސަރަހައްދުގައި އަމިއްލަ ސްކޫލެއް ހިންގަމުން އަންނަ އުމުރުން 53 އަހަރުގެ ދެވެންދުރަ ޕްރަސާދު ސިންހަ ކިޔާ މީހެކެވެ.
އާންމުން ނިކުމެ ސިންހަ ހަވަރަށްދިނީ އެ ސްކޫލުގެ ކައިރީގައި ކޮނެފައިވާ ކޯރެއްގެ ތެރެއިން މަރާލާފައިވާ ކިޔަވާ ދެކުއްޖެއްގެ ހަށިގަނޑު ފެނުމުންނެވެ.
ސިންހަގެ އާއިލާއިން ބުނެފައިވަނީ ސިންހަ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށާއި އާންމުންގެ ބަޔަކު ނިކުމެ ސިންހަ ހަވަރަށްދޭން ފެށުމާއެކު ފުލުހުންނަށް އެކަން ރިޕޯޓްކުރި ކަމަށެވެ. ނަމަވެސް ފުލުހުން އެތަނަށް ދިޔައީ އެތައް އިރެއް ވި ފަހުން ކަމަށް ސިންހަގެ އާއިލާއިން ބުނެ އެވެ.
މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކަށް ބަލާއިރު ބަޔަކު ސިންހަ ގައިގާ ދަނޑިން ތަޅަމުންދާއިރު ގިނަ ބަޔަކު ކުޅި ބަލަން ތިބެ އެވެ. ފުލުހުން ބުނީ އެ ވީޑިއޯގެ އެހީގައި ސިންހަ އަށް ހަމަލާދިން މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް