ޚަލީފާ ބިން ޒައިދު އައްނަޙްޔާން ފައުންޑޭޝަނުގެ ޑިރެކްޓަރ ޖެނެރަލް,  ރައީސް ޔާމީނާ ބައްދަލުކުރައްވައިފި

ޚަލީފާ ބިން ޒައިދު އައްނަޙްޔާން ފައުންޑޭޝަނުގެ ޑިރެކްޓަރ ޖެނެރަލް، މުޙަންމަދު ހާޖީ އަލްޚޫރީއާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް ބައްދަލުކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި...

29 Jun 2015 | 07:28

ޚަލީފާ ބިން ޒައިދު އައްނަޙްޔާން ފައުންޑޭޝަނުގެ ޑިރެކްޓަރ ޖެނެރަލް، މުޙަންމަދު ހާޖީ އަލްޚޫރީއާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ.

‏މިބައްދަލުކުރެއްވުމުގައި، ޚަލީފާ ބިން ޒައިދު އައްނަޙްޔާން ފައުންޑޭޝަނުގެ ފަރާތުން ރާއްޖޭގައި ކުރިއަށްދާ އެކިއެކި މަޝްރޫޢުތަކާއި، ކުރިއަށް ރޭވިފައިހުރި ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް މަޝްވަރާ ކުރެއްވި ކަމަށާއި މިގޮތުން ރާއްޖޭގެ މިސްކިތްތައް ތަރައްޤީ ކުރުމަށާއި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ޚަލީފާ ބިން ޒައިދު އައްނަޙްޔާން ފައުންޑޭޝަނުން ދެމުންގެންދާ އެހީތެރިކަން ދެބޭފުޅުންވެސް ފާހަގަ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ރާއްޖެއަށް މިވަގުތު އެޖަމްޢިއްޔާގެ އެހީތެރިކަން އެންމެ ބޭނުންތެރި ދާއިރާތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ދެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް