މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ ކަންތައްތަކެއް އާޒިމް އެބަ ހިންގާ: އެމްޕީ ޝުޖާ

އެކި އެކި މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ ކަންތައްތަކެއް، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ހިންގަމުން އަންނަ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ. ...

29 Jun 2015 | 07:05

އެކި އެކި މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ ކަންތައްތަކެއް، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ހިންގަމުން އަންނަ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއުގެ ފޭސްބުކް ޕޭޖްގައި އިއްޔެ އާންމުކޮށްފައިވާ ސްޓެޓަސް އެއްގައި ބުނެފައިވަނީ އޭނާ(އާޒިމް)ގެ ބޭބެ ހަތިޔާރު އެތެރެކޮށް ހުކުމް ކޮށްފައިވާއިރު ހިއުމަން ރައިޓްސް ކޮމިޝަންގެ ތޮލާލް މެދުވެރިކޮށް ނެރެން އުޅޭ ރިޕޯޓާއި ދޭތެރޭ ވިސްނަން ޖެހޭ ކަމަށާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ތެރެއަށްވެސް ނުފޫޒް ވެއްދުމުގެ މަސައްކަތްތަކެއް އާޒިމް ކުރަމުން އަންނަ ކަމަށެވެ.

އެ ސްޓެޓަސްގައި ޝުޖާއު އިތުރަށް ވިދާޅުވެފައިވަނީ ކުށެއްނެތް މީހަކުނަމަ އެކި އެކި މުއައްސަސާތަކަށް ނުފޫޒުފޯރުވައިގެން އެއްވެސް ކަމެއް ކުރަން ނުޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް