މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ރީދޫ ސަމާލާއި ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވޭކަމަށެވެ. އަދި ގަޑިއަކު25 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭނެ ކަމަށެވެ.
ވިލާގަނޑެއްގައި50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ދ އަތޮޅަށް ރީދޫ ސަމާލު ނެރެފައިވާއިރު ތ އަތޮޅުން އައްޑޫ ސިޓީއަށް ވިލާގަނޑެއްގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ވަނީ ހުދު ސަމާލު ނެރެފައެވެ.
ރީދޫ ސަމާލާއި ހުދު ސަމާލު މި ސަރަހައްދުތަކަށް ނެރެފައިވަނީ މިއަދު މެންދުރު 14:30 އިން ފެށިގެން އިރުއޮއްސިި 18:30ގެ ނިޔަލަށެވ.ެ
މެޓުން ވަނީ ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް ބުނެ މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް