ހޮޅުދޫ ގެއެއްގެ ފުރާޅުން ބައެއް ވަޔާ އެއްލާލައިފި

ރޭގެ ވަގުތެއްގައި ނ. ހޮޅުދޫ ގެއެއްގެ ފުރާޅުން ބައެއް ވަޔާ އެއްލާލައިފިއެވެ. ނޫނު ފުލުހުން މިއަދު ބުނެފައިވާގޮތުގައި ރޭގެ ވަގުތެއްގައި އައި ވިލާގަނޑެއްގައި ނ. ހޮޅުދޫ، ސުވާސް ނަމަކަށް ކިޔާ ގޭގެ ފުރާޅުން...

29 May 2024 | 08:28

ރޭގެ ވަގުތެއްގައި ނ. ހޮޅުދޫ ގެއެއްގެ ފުރާޅުން ބައެއް ވަޔާ އެއްލާލައިފިއެވެ.

ނޫނު ފުލުހުން މިއަދު ބުނެފައިވާގޮތުގައި ރޭގެ ވަގުތެއްގައި އައި ވިލާގަނޑެއްގައި ނ. ހޮޅުދޫ، ސުވާސް ނަމަކަށް ކިޔާ ގޭގެ ފުރާޅުން ބައެއް ވަޔާ އެއްލާލިއެވެ.

"ހޮޅުދޫ ޕޮލިސް ސްޓޭޝަން އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި، އަދި މި މަސައްކަތުގައި ހޮޅުދޫ ކައުންސިލާއި ފެނަކަ އަދި އާއްމު ރައްޔިތުންގެ އެހީތެރިކަން ލިބިފައިވޭ" މެޓުން ބުނެފައިވެއެވެ.

ހޮޅުދޫ ގެއެއްގެ ފުރާޅުން ބައެއް ވަޔާ އެއްލާލާފައިވާއިރު މެޓުން ބުނެފައިވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަހައްދަށް، ގަދަވަޔާއެކު ވިއްސާރަކޮށް އާންމު ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

"އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ" މެޓުން ބުނެފައިވެއެވެ.

އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާކަމަށްވެސް މެޓުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް