ފަލަސްޠީނުގެ ހިތްދަތި ޙާލަތާއި ގުޅިގެން ނަމާދަށްފަހު ޤުނޫތި ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމައިފިއެވެ.
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހްސަން ރޭގައި ވިދާޅުވެފައިވަނީ ފަލަޞްޠީނުގެ ހިތްދަތި ޙާލަތާގުޅިގެން، މިއަދުން ފެށިގެން މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ޤުނޫނު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގާނެ ކަމަށެވެ.
"މުސްލިމުންނަކީ އެއް ހަށިގަނޑެއް، އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިޚުލާޞްތެރިކަމާއެކު ދުޢާކުރަންވީ ވަގުތު" އަހްސަން ވިދާޅުވެފައިވެއެވެ.
އިސްރާއީލުން ފަލަޞްޠީނަށް ހުއްޓުމެއްނެތި ހަމަލާތައް ދެމުން އަންނަތާ ހަތް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ ހަމަލާތަކުގައި ޝަހީދުވި ފަލަޞްތީނުގެ ރައްޔިތުންގެ އަދަދު ވަނީ 36 ހާސް ހުރަސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް