ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭން ހިދުމަތަށް ހަދާ ޢިމާރާތުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި، މެމޮގްރަފީ ބެހެއްޓުމަށް ހަދަންޖެހޭ ޢިމާރާތުގެ މަސައްކަތްތައް ކުރުމަށް، ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މިކަން ހާމަކޮށް ހެލްތު މިނިސްޓްރީން މިއަދު ބުނީ ފުވައ...

29 May 2023 | 06:37

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި، މެމޮގްރަފީ ބެހެއްޓުމަށް ހަދަންޖެހޭ ޢިމާރާތުގެ މަސައްކަތްތައް ކުރުމަށް، ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މިކަން ހާމަކޮށް ހެލްތު މިނިސްޓްރީން މިއަދު ބުނީ ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި، މެމޮގްރަފީ ބެހެއްޓުމަށް ހަދަންޖެހޭ ޢިމާރާތުގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ކަމަށެވެ.

މި މަސައްކަތުގެ ޖުމްލަ އަގަކީ: 2,955,230.78ރ (ދެމިލިއަން ނުވަލައްކަ ފަންސާސްފަސްހާސް ދުއިސައްތަ ތިރީސް ރުފިޔާ ހަތްދިހަ އަށްލާރި) ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި މަސައްކަތް އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވަނީ 100 ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރާ ގޮތަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކޮށްފައި ވަނީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިން އެވެ. އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން އަންވަރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް