ކަރަންޓާއި ކުނި ބިލް އެއްކޮށްލުމުގެ އެއްބަސްވުމުގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ސޮއި ކޮށްފި އެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު އެވެ.
މި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ އެ ނިންމުމަކީ ގިނަ ބައެއްގެ މަޝްވަރާއަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ.
ސްޓެލްކޯގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ މީޓަރުތަކެއް މިހާރު ވަނީ ވެމްކޯގެ ބިލް އެއްކޮށްލެވޭ ގޮތަށް ހަދާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވީ މި ގެންނަ ބަދަލުން ކަސްޓަމަރުންނަށް ކުނި ބިލް ދެއްކުމުގައި ފަސޭހަ ވެގެން ދާނެ ކަމަށެވެ.
ވެމްކޯއިން ބުނެފައި ވަނީ މާލޭގައި 53,690 ގޭބީސީ ހުރެ އެވެ. އޭގެ ތެރެއިން ފީ ދައްކަނީ އެންމެ 21،000 ގޭބީސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް