އައިޑީ ކާޑު ދޫކުރަން ފަށާ ގަޑި އަވަސްކޮށް، ނަމްބަރު ދޫކުރާ އަދަދު ޑިޕާޓްމެންޓު އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އިތުރުކޮށްފި އެވެ.
ޑީއެންއާރުން އިއުލާނެއްގައި ބަޔާނެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން އައިޑީ ކާޑު ދޫކުރުމާއި ފޯމް ބަލައިގަތުމަށް ބައެއް ބަދަލު ގެނެސްފައިވާ ކަމަށެވެ. މި ބަދަލު ގެނައީ އައިޑީ ކާޑުގެ ހިދުމަތް ދިނުން އަވަސްކުރުމުގެ ގޮތުން ކަމަށެވެ.
ޑީއެންއާރުން ބުނީ އައިޑީ ކާޑު ދޫކުރާ ނަންބަރު ހެނދުނު 8:00 އިން ފެށިގެން ދޫކުރަން ފަށާނެ ކަމަށެވެ. އަދި ހެނދުނު 8:30 އިން ފެށިގެން އައިޑީ ކާޑު ދޫކުރަން ފަށާނެ ކަމަށް ބުންޏެވެ.
ކުރިން އައީޑީކާޑު ދޫކުރާ ނަންބަރު ދޫކުރަމުން އައީ ހެނދުނު 10:00 އިން ފެށިގެންނެވެ. އައިޑީ ކާޑުގެ ހިދުމަތް ހޯދަން ޓޯކެން ނަންބަރު ދޫކުރަނީ ކިއުބީ އެޕުންނެވެ.
ކޮންމެ ދުވަހަކު ދޫކުރާ އައިޑީ ކާޑުގެ އަދަދު ވެސް އިތުރުކޮށްފައިވާ ކަމަށް އެ އިއުލާނުގައި ވެ އެވެ.
ކުރިން ދުވާލަކު 400 އައިޑީ ކާޑު ދޫކުރަމުން އައި ނަމަވެސް މިއަދު ފެށިގެން ކޮންމެ ދުވަހަކު 600 ކާޑު ދޫކުރާނެ ކަމަށް ޑީއެންއާރުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް