ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި300 އަށްވުރެ ގިނަ ޑަސްޓްބިން ބެހެއްޓުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.
ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ރީސައިކަލް ކުރެވޭ ކުނިތައް ވަކިން އެޅޭނެ ގޮތަށް ބަހައްޓާ މިޑަސްޓިންތައް ބަހައްޓާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. މި މަޝްރޫއުގެ ދަށުން 345 ޑަސްބިން ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ.
ފުރަތަމަ ފިޔަވަހީގައި 41 ޑަސްބިން، ދެވަނަ ފިޔަވަހީގައި 108 ޑަސްބިން އަދި ތިންވަނަ ފިޔަވަހީގައި 196 ޑަސްބިން ބަހައްޓާނެ އެވެ.
ހުޅުމާލޭގެ އާބާދީ ބޮޑުވެ ކުނީގެ މައްސަލަ އިތުުރުވަމުންދާތީ އެ މައްސަލަ ހައްލުކުރުމަށް އެޗްޑީސީން ގެންދަނީ ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން ފިޔަވަޅުތަކެއް އަޅަމުންނެވެ.
ހުޅުމާލޭގައި ވެސް ގޭބިސީތަކުގައި ދުވަހުން ދުވަހަށް އުފެދޭ ކުނި އުކާލުމުގެ ހިދުމަތް ދެނީ ސަރުކާރުގެ ކުންފުނި -- ވެމްކޯ އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް