ޔާމީން، ފަނޑިޔާރު ރަޝީދަށް އިންޒާރު ދެއްވި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރު ދެއްވި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ. މި މައްސަލަ ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެ...

29 May 2022 | 09:03

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރު ދެއްވި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަރާތުންނެވެ. އެ ކޮމިޝަނުން ބުނީ މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ ހަފްތާގައި ކަމަށެވެ.

ޖޭއެސްސީން ބުނީ  މައްސަލައިގައި އެދިފައި ވަނީ އަލީ ރަޝީދުގެ ސެކިއުރިޓީ އަށް ސަމާލުވުމަށާއި ޖިނާއީ މައްސަލައެއް ހިމެނޭ ނަމަ އެ ތަހުގީގު ކުރިއަށް ގެންދިޔުމަށެވެ.

ޔާމީން، ފަނޑިޔާރަށް އިންޒާރުދޭ މޭރުމަކުން ވާހަކަފުޅުދެއްކެވީ ވިލިމާލޭ އަންހެނުންގެ ތަރައްފީ މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ކެމްޕެއިން ތެރެއިންނެވެ. ފަނޑިޔާރު އަލީ ރަޝީދު "ޖަމްޕު ޖެހީ" ގާބިލުކަމާއި ތަޖުރިބާ އަށް ބަލާފައި ނޫން ކަމަށާއި އެއީ އެ މަ

ޔާމީން އެ ދުވަހު ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލަށް ވެސް އިންޒާރު ދެއްވި އެވެ.

މި ހާލަތު ބަދަލުވާނެ ކަމަށާއި އެ ދުވަހަކުން އެ ދެ ބޭފުޅުން "ޖަލަށް ދާން ޖެހިދާނެ" ކަމަށް ޔާމީން ވިދާޅުވި އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް