ޖިންސީ ފުރައްސާރައިގެ ތުހުމަތާއި އެކު ސްޓޭޓް މިނިސްޓަރު ރިޔާޒު ސަސްޕެންޑު ކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ސަސްޕެންޑު ކޮށްފި އެވެ. އޭނާ މަގާމުން ސަސްޕެންޑު ކޮށްފައިވަނީ މިއަދު އެވެ. އެކަން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވަނީ "ދުވަސ...

29 May 2022 | 08:36

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ސަސްޕެންޑު ކޮށްފި އެވެ.

އޭނާ މަގާމުން ސަސްޕެންޑު ކޮށްފައިވަނީ މިއަދު އެވެ. އެކަން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވަނީ "ދުވަސް"އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

މަބްރޫކް ވިދާޅުވީ ރިޔާޒާ ގުޅޭގޮތުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. އެކަމަކު އޭނާ ސަސްޕެންޑްކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް މަބްރޫކް ވިދާޅެއް ނުވެ އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ރިޔާޒް ސަސްޕެންޑްކުރީ އެޑިއުކޭޝަން މިނިސްޓްރީގެ ފަސް އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގެ ތުހުމަތުގަ އެވެ. މިކަން ރިޔާޒުދ ދޮގު ކުރައްވަ އެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއްކޮށްފައި ނުވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް އަބުރުކަތިނުލުމަށް އެދިވަޑައިގެންފަވެ އެވެ.

މީގެ ކުރިން ޓޫރިސްޓަރު އަލީ ވަހީދުވެސް މަގާމުން ވަކި ކުރީ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް