އީރާގުގައި ސީސީއެޗްއެފް ބަލި ފެތުރި ގަދަ ހުމާއެކު ނޭފަތުން ލޭ އަންނަނީ!

އިރާގުގެ ބައެއް ސަރަހައްދުތަކުގައި ކްރިމިއަން ކޮންގޯ ހީމޯރެގިކް ފީވާ (ސީސީއެޗްއެފް) ފެތުރެމުންދާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާއިން ހާމަކޮށްފި އެވެ. ސީސީއެޗްއެފް އަކީ ކެހެރި ފަޅާފައި ހުންނަ ޖަނަވާރު...

29 May 2022 | 06:00

އިރާގުގެ ބައެއް ސަރަހައްދުތަކުގައި ކްރިމިއަން ކޮންގޯ ހީމޯރެގިކް ފީވާ (ސީސީއެޗްއެފް) ފެތުރެމުންދާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާއިން ހާމަކޮށްފި އެވެ.

ސީސީއެޗްއެފް އަކީ ކެހެރި ފަޅާފައި ހުންނަ ޖަނަވާރުގެ ހަންގަނޑާއި ކެހެރިތަކުގައި އަޅާ އުކުނު ފާޑުގައި ކުދި މަކުނުތަކެއްގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. މި ބަލި ފެތުރެމުންދަނީ އިރާގުގެ އެތެރޭގެ އަވަށްތަކުގެ ތެރެއިން އެންމެ ފުޅާދާއިރާއެއްގައި ޖަނަވާރު ގެންގުޅޭ ސަރަހައްދުތަކުގައި އެވެ.

މި ބަލި އިންސާނުންގެ ގަޔަށް ބަލި އަރަނީ އެ މަކުނު ދަތް އަޅާފައިވާ ޖަނަވާރު ގެންގުޅުމުގެ ސަބަބުން ނެވެ، ނުވަތަ އެ ޖަނަވާޜު ގެންގުޅުމުގެ ތެރޭގައި މަކުނު އިންސާނުން ގައިގަ ހެފުމުގެ ސަބަބުންނެވެ.

މި ބަލި ޖެހޭ މީހުން ވަރަށް ގަދަޔަށް ހުން އައުމުގެ އިތުރުން ހުން ގަދަވާ ވަރަކަށް ހޮޑުލެވި، ނޭފަތުން ލޭ އަންނަމުންދާ ކަމަށްވެ އެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 19 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފައިވެ އެވެ. އެމީހުން މަރުވެފައިވަނީ ހުން ކޮންޓްރޯލް ނުކުރެވި ނޭފަތުން ހުއްޓުމެއް ނެތި ލޭ އައުމުގެ ސަބަބުން ކަމަށް ސިއްހީ އިދާރާ އާއި ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.

މިއަހަރު ބަލި ޖެހެމުންދާ މީހުންގެ އަދަދު އިތުރުވަމުންދާތީ ސިއްހީ މާހިރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ކޯވިޑްހާ ހަލުވި ކަމާއި އެކު ސީސީއެޗްއެފް ނުފެތުރު ނަމަވެސް ބަލި ޖެހެމުންދާ މާހައުލާއި މީހުންނަކީ ހޭލުންތެރި މީހުންނަށް ނުވާތީ ގިނަ ބަޔަކަށް ބަލި ފެތުރުމުގެ ބިރު ބޮޑު ކަމަށް ބުނެ އެވެ.

މި ބަލި ޖެހެމުންދާ މީހުންނަކީ ބަކަރި އާއި ގެރި، ކަންބަޅި ފަދަ ޖަނަވާރު ގެންގުޅޭ މީހުންނެވެ.

ސީސީއެޗްއެފްއަށް މިހާތަނަށް ވެކްސިނެއް ހޯދިފައެއް ނުވެ އެވެ. މި ބަލި ފުރަތަމަ ފެނިފައިވަނީ 1979 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް