"ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ" ސެޓުގައި ލޯބީގެ ކަންތައް ގަނޑެއް!

އިންޑިއާގައި ދައްކާ ނުނިމޭ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ" ގެ ސެޓްގައި ލޯބީގެ ކަންތައް ގަނޑެއް ހިނގަމުންދާ ކަމަށް ބެލެވެން ފަށައިފި އެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ތުހުމަތު ކުރެވި...

29 May 2022 | 04:30

އިންޑިއާގައި ދައްކާ ނުނިމޭ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ" ގެ ސެޓްގައި ލޯބީގެ ކަންތައް ގަނޑެއް ހިނގަމުންދާ ކަމަށް ބެލެވެން ފަށައިފި އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ތުހުމަތު ކުރެވިފައި ވަނީ އެ ސިލްސިލާގެ ލީޑްރޯލުން މިހާރު ފެންނަ ހަރްޝަދް ޗޯޕްޑާ އާއި ޕަރަނަލީ ރާތޯޑެވެ.

އެ ސިލްސިލާގައި މަސައްކަތް ކުރާ ތަރިންތަކެއް މީޑިއާގައި ބުނެފައިވާ ގޮތުގައި ދެމީހުން ސެޓުގައި އުޅެނީ ވަރަށް ގައިގޯޅިކޮށެވެ. ކާ ވަގުތުތަކުގައިވެސް ދެމީހުން ކާން ތިބެނީ އެކުގައި ވަކިން ކަމަށާއި ޝޫޓިންއަށް ދަނީ އަދި ނިންމާގައި ގެއަށް ދަނީވެސް އެއްކޮށް ކަމަށެވެ.

އެ ޑްރާމާގައި މަސައްކަތް ކުރާ މީހަކު ބުނެފައިވާ ގޮތުގައި ހަރްޝަދަކީ ދާއިރާގައި ތަޖުރިބާ ހުރި މީހަކަށް ވާތީ އޭނާ ވަރަށް ގިނަ ވަގުތު ޕަރަނަލީއަށް އެކްޓު ކުރާނެ ގޮތް ކިޔައިދިނުމާއި ބުނެދިނުމުގައިވެސް ހޭދަ ކުރާ ކަމަށެވެ. އެކަމަކު ދެމީހުންގެ ގުޅުމާއި ގުޅޭގޮތުން ހަރްޝަދު ވާހަކަ ދައްކާނެ ކަމަށް ނުބެލެވޭ ކަމަށް އެމީހާ ބުނެފައިވެ އެވެ.

ހަރްޝަދަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ވަރަށް ސިއްރުކޮށްގެން އުޅޭ މީހެއް ކަމަށްވެ އެވެ. މިކަމާއި ގުޅިގެން ޕަރަނަލީ މީޑިއާގައި ބުނީ ދެމީހުންގެ ދެމެދުގައި އޮތީ ގާތް އެކުވެރިކަމުގެ ގުޅުމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް