އިންޑިއާގެ ރަށްވެހިކަން އަހަރަކު ލައްކައަކަށްވުރެ ގިނަ މީހުން ދޫކޮށްލާ ކަމަށް އެގައުމުގެ ހޯމް މިނިސްޓްރީން ހާމަކޮށްފި އެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން އަހަރަކު1،21،632 މީހުން އިންޑިއާ ރަށްވެހިކަން ދޫކޮށްލަ އެވެ. އެއާ ހިލާފަށް އިންޑިއާގެ ރަށްވެހިކަން ހޯދަނީ އެވަރެޖުކޮށް އަހަރަކު1،044 މީހުންނެވެ.
އެންމެ ގިނަ މީހުން އިންޑިއާގެ ރަށްވެހިކަން ދޫކޮށް ހޯދަމުންދަނީ އެމެރިކާ ރަށްވެހި ކަމެވެ.
ތަފާސް ހިސާބުދައްކާގޮތުން އެންމެ ގިނައިން މިދިޔަ ފަސް އަހަރުގެ ތެރޭގައި އިންޑިއާގެ ރަށްވެހިކަން ހޯދާފައިވަނީ ޕާކިސްތާނު މީހުންނެވެ. އެ ގައުމުގެ ހަތަރު ހާހަށްވުރެ ގިނަ މީހުން އިންޑިއާގެ ރަށްވެހިކަން ހޯދާފައިވާއިރު ދެން އެންމެ ގިނައިން ރަށްވެހިކަން ހޯދާފައިވަނީ އަފްގާނިސްތާނާއި ބަންގްލަދޭޝް މީހުންނެވެ.
ދެން އިންޑިއާގެ ރަށްވެހިކަން ހޯދާފައިވަނީ އެމެރިކާ މީހުންނާއި ސްރީލަންކާ މީހުންނެވެ. އެ ގައުމުތަކުގެ މީހުންގެ އަދަދަށް ބަލާއިރު އެމެރިމާގެ71 މީހަކު އަދި ލަންކާގެ70 މީހަކަށް މިދިޔަ ފަސް އަހަރު ތެރޭގައި އިންޑިއާގެ ރަށްވެހިކަން ދީފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ އިންޑިއާގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަދަދު އިތުރުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް