އޭދަފުށިން ކޮވިޑު މަރެއް، އަދަދު 158 އަށް

ބ. އަތޮޅުން ކޮވިޑުގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މިއަދު، އޭދަފުށީގައި ހުންނަ ބ އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު އުމުރުން 77 އަހަރ...

29 May 2021 | 18:37

ބ. އަތޮޅުން ކޮވިޑުގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މިއަދު، އޭދަފުށީގައި ހުންނަ ބ އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކު ހަވީރު 06:00 ހާއިރު  ނިޔާވެފައިވާކަމަށެވެ.

މިއީ ރާއްޖޭގައި ކޮވިޑުގެ 158 ވަނަ މަރެވެ.

https://twitter.com/HPA_MV/status/1398708288032690176

ކޮވިޑުގައި 158 މީހަކު މިހާތަނަށް މަރުވެފައިވާއިރު ރާއްޖޭގެ ކޮވިޑުގެ ހާލަތު މިހާރު މިވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޕޮޒިޓިވް ވާ އަދަދު ހާހުން މަތީގައި އުޅޭއިރު އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު އުޅެނީ 200 އިން މަތީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް