މާލެ ސިޓީ ކައުންސިލްގެ މެނޭޖްމަންޓް އޮޑިޓެއް ހަދަނީ

މާލެ ސިޓީ ކައުންސިލްގެ މެނޭޖްމަންޓް އޮޑިޓެއް ހަދަން ގަސްތުކުރާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު ވިދާޅުވީ، މަސައްކަތް ރަނގަޅަށް ފެށިގެންދާއިރު ކައުނ...

29 May 2021 | 18:14

މާލެ ސިޓީ ކައުންސިލްގެ މެނޭޖްމަންޓް އޮޑިޓެއް ހަދަން ގަސްތުކުރާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ، މަސައްކަތް ރަނގަޅަށް ފެށިގެންދާއިރު ކައުންސިލް އޮތް ޙާލަތު ރަނގަޅަށް އެނގުމަކީ ކުރިމަގު ބައްޓަންކުރުމުގައި މުހިއްމުކަމެއް ކަމަށެވެ. އެހެންކަމުންް، ޙާލަތު ދެނެގަތުމަށް މެނޭޖްމަންޓް އޮޑިޓެއް ހަދަން ގަސްދުކުރާ ކަމަށާއި، މިކަން ކޮށްދޭނެ ފެންވަރު ރަނގަޅު ފަރާތެއް ހޯދަން ވަރަށް އަވަހަށް ގެޒެޓު ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

https://twitter.com/MMuizzu/status/1398700288333156352

މާލެ ސިޓީގެ މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ދެންދަވާ މުއިއްޒު ވަނީ މާލެ ސިޓީގެ ރައްޔިތުންގެ ބޯހިޔާވަހިމަކާއި، ހިޔާ ފްލެޓްގެ އަގުތަކާ ގުޅޭގޮތުން ދާދި ފަހުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުއާއި ބައްދަލު ކުރައްވާފައެވެ.

ހިޔާ ފްލެޓްގެ އަގު ބޮޑުވުމުގެ އިތުރުން، އަމިއްލަ ޚަރަދުގައި އެތަން ނިންމުމުގެ ބައެއް ކަންކަން ކުރަން ޖެހޭތީ، ފްލެޓްތަކަށް ވަނުމަށްޓަކައި ދެ ލައްކައެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވޭތީ، އެކަމުގެ ކަންބޮޑުވުންވެސް މުއިއްޒުވަނީ ރައީސްއާ ހިއްސާކުރައްވާފައެވެ.

މަހަކު ދައްކަން ހަަމަޖެހިފައިވާ8500 ރުފިޔާ އެއަށްވުރެ ކުޑަކޮށްދެއްވުމަށް ވިސްނާވަޑައިގެންނެވުމަށް އެދުވަހު ރައީސްގެ އަރިހުން އެދުނުކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި އެއަށް ރައީސް ވަރަށް އުންމީދީ ޖަވާބެއް ދެއްވި ކަމަށާއި، މިހާރުގެ އަގު ބޮޑުކަން ރައީސްވެސް ގަބޫލުފުޅު ކުރައްވާކަން ހާމަކުރެއްވިކަމަށް މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް މުއިއްޒު ފާހަގަކުރެވެނީ، މާލެ ސިޓީގެ ރައްޔިތުންގެ ކަންކަން ވަރަށް ގާތުން ބަލައި، އަވަސް ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ މޭޔަރެއްގެ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް