ދިވެހި ރާއްޖޭގެ މަޝްހޫރު ތަރިންގެ ތެރެއިން، އިސްތަށިގަނޑު ދިގު ތަރިން ބޭނުމީ އެތަރިންގެ އިސްތަށިގަނޑު ކުރުކޮށް ބާއްވަން ކަމަށްވާއިރު، އިސްތަށިގަނޑު ކުރުކޮށް ހުންނަ ތަރިން ބޭނުމީ ދިގު 'ވިގެއް'ގެ އެހީގައި އިސްތަށިގަނޑު ދިގުކުރާށެވެ.
ބައެއް ފަހަރަށް ފިލްމުތައް ކުޅޭއިރު ދިގު އިސްތަށިގަނޑެއް ޖަހައިގެން ކުޅުނުކަމަށް ވިޔަސް، މިހާރު މި ފެންނަނީ އާއްމު ދިރިއުޅުމުގައާއި ޕްރޮގްރާމް ތަކަށް އެރުމުގައިވެސް 'މޭކަޕް' ގެ ބައެއް ގޮތަށް 'ވިގް' ވެސް ބޭނުންކުރާތަނެވެ.
މީގެ ދުވަސްގަނޑެއް ކުރިން ރާއްޖޭގެ މަޝްރޫހު މޮޑެލް އަދި ސޯޝަލް މީޑިއާ އިންފްލުއެންޒާ ކައިޒީން ވަނީ އޭނާގެ ލޯބިލޯބި ދިގު އިސްތަށިގަނޑު 'ބުޑުން' ބުރިކޮށްލާފައެވެ. އަބަދުވެސް އިސްތަށިގަނޑަށް އެކި ބަދަލު ގެންނަ ކައިޒީން އެންމެ ފަހުން އެ ބޮޑު އިސްތަށިގަނޑު ބުރިކޮށްލީއެވެ
ވަރުގަދަ ދިގު އިސްތަށިގަނޑުގެ ވެރިޔާ ޝިފާގެ އިސްތަށިގަނޑު ވެސް ވަނީ މި ހަފްތާ ތެރޭގައި ބުރިކޮށްލާފައެވެ. ޓިކްޓޮކް ވީޑިއޯއަކުން ފުރަތަމަ ކުރު އިސްތަށިގަނޑާއެކު ފެނުމުން އެވީ 'ވިގެއް' ކަމަށް ހީވި ނަމަވެސް ހަމަ ހަގީގަތުގައިވެސް ޝިފާ އިސްތަށިގަނޑު ބުރިކޮށްލާފައިވާކަން ފަހުން ވަނީ ޔަޤީންވެފައެވެ.
އޭގެފަހުން މިއަދު ޝިފާ އާއި ނިމްޝާ އެއްކޮށް ކުޅެފައިވާ ޓިކްޓޮކް ވީޑިއޯގައި ދެތަރިންގެ އިސްތަށިގަނޑުވެސް އެއްވަރެވެ. ހަމައެކަނި ތަފާތަކީ ދެތަރިންގެ އިސްތަށިގަނޑުގެ ކުލައެވެ.
ބޮޑެތި އިސްތަށިގަނޑުގެ ވެރިން، އެވެރިންގެ އިސްތަށިގަނޑު ކުރުކުރާއިރު، އަނެއްބައި ތަރިން ފެންނަނީ މަސްނޫއީ އިސްތަށިގަނޑެއްގައެވެ. މޭކަޕް އާޓިސްޓުންގެ ކުޅަދާނަ މަސައްކަތުން އެތަރިން ނަލަ ކޮށްލާފައި ހުންނައިރު ކަނޑެއް ފަޅެއް ވަކިނުވެއެވެ. އެހާވެސް ފުރިހަމައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް