ކޯވިޑޮ-19 އަށް މިއަދު ޕޮސިޓިވްވީ 1،062 މީހުން

ކޯވިޑް-19 އަށް މިއަދު ޕޮސިޓިވްވީ 1،062 މީހުން ކަމަށް އެޗްޕިއޭއިން ބުނެފި އެވެ. ކޯވިޑަށް މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 699 މީހުންނެވެ. އަތޮޅު ތެރެއިން 353 މީހުން ޕޮސިޓިވްވެފައިވެ އެވެ. ދެން މިއަދު...

29 May 2021 | 17:11

ކޯވިޑް-19 އަށް މިއަދު ޕޮސިޓިވްވީ 1،062 މީހުން ކަމަށް އެޗްޕިއޭއިން ބުނެފި އެވެ.

ކޯވިޑަށް މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 699 މީހުންނެވެ. އަތޮޅު ތެރެއިން 353 މީހުން ޕޮސިޓިވްވެފައިވެ އެވެ. ދެން މިއަދު ކޯވިޑަށް ޕޮސިޓިވްވެފައިވަނީ އޮޕަރޭޝަން ހުއްޓާލާފައި އޮތް ރިސޯޓުތަކުން ނުވަ މީހަކާއި ތަރައްގީ ކުރަމުން އަންނަ ރަށްތަކުން މީހެކެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 4،832 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 24،507 މީހުންނަށެވެ. އޭގެ ތެރެއިން 240 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 38،233 މީހުންނެވެ.

މިއަދު ކޯވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ އެންމެ މީހެކެވެ. އިއްޔެގައި ބަލީގައި ފަސް މީހަކު މަރުވި އިރު މިހާތަނަށް ކޯވިޑްގައި މަރުވި އަދަދު ވަނީ 157 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 62،906 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް