އިނގިރޭސިވިލާތުގެ ޚާރިޖީ ވުޒާރާގެ ސެކްރެޓެރީ، ޑޮމިނިކް ރާބް، ހޮންގކޮންގ އަދި ޝިންޖާންގައި ދިރިއުޅޭ ވީގަރ މުސްލިމުންގެ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވަފައިފިއެވެ.
ޑޮމިނިކް ކަންބޮޑުވުން ފާޅު ކުރައްވާފައި ވަނީ، ޗައިނާގެ ޚާރިޖީ ވަޒީރު، ވާންގ ޔީއަށް ގުޅުއްވާ ކުރިއަށް ގެންދެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމަށް ފަހު ޑޮމިނިކް ޓްވީޓު ކުރައްވާ ވިދާޅުވެފައި ވަނީ، ސިއްޙަތާއި ގުޅުން ހުރި މައްސަލަތަކާއި ތިމާވެށީގެ މައްސަލަތައްފަދަ ދުނިޔެއަށް ދިމާވެފައިވަ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި ކަމަށެވެ.އަދި ހޮންކޮންގ ގެ ޙާލަތާއި މެދު އިނގިރޭސިވިލާތުން ކަންބޮޑު ވެފައިވާ މިންވަރު، ޗައިނާގެ ޚާރިޖީ ވަޒީރާ ހިއްސާ ކުރެއްވުމުގެ އިތުރުން، އދ ގެ ޓީމުތަކަށް އެއްވެސް ހުރަހަކާ ނުލައި ޗައިނާގެ ޝިންޖާންގައި ހަރަކާތްތެރި ވުމަށް ފުރުސަތު ދެއްވުމަށްެވެސް މި ބައްދަލުވުމުގައި ޗައިނާއަށް ދަންނަވާފައިވާނެ ކަމަށްވެސް ޑޮމިނިކް ވިދާޅުވިއެވެ.
މިމައްސަލަތަކާއި ގުޅިގެން، ޗައިނާގެ ވަޒީރު ވާންގ ވިދާޅުވެފައި ވަނީ، " ވަން ކަންޓްރީ ޓޫ ސިސްޓަމްސް" ނުވަތަ އެއް ޤައުމެއް ދެ ނިޒާމެއް، މިއީ ޗައިނާއިން އަބަދުވެސް ގެންގުޅެމުން އަންނަ ސިޔާސަތު ކަަމަށާއި، ޗައިނާއިން އަބަދުވެސް މި ސިޔާސަތުގައި ސާބިތުވެ ތިބޭނެ ކަމަށެވެ.ވާންގ އިތުރަށް ވިދާޅުވެފައި ވަނީ، ޝިންޖާނުގެ މައްސަލައަކީ ހަރުކަށި ފިކުރާއި، ނިރުބަވެރި ފިކުރުތަކާއި ދެކޮޅަށް އެ ޤައުމުން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށާއި، އެހެނިހެން ޤައުމުތަކަށް އަބަދުވެސް ޝިންޖާނަށް ޒިޔާރަތްކޮށް، ކަމުގެ ތެދު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް، ޗައިނާއަކީ ކުށްވެރިއެއް ކަމުގައި ދުރާލާ ނިންމައިގެން ތަޙްޤީޤު ކުރުމުގެ ފުރުސަތެއް އެއްވެސް ބަޔަކަށް ނުދޭނެ ކަމަށްވެސް ވާންގ ވިދާޅުވެފައި ވެއެވެ.
ޝިންޖާނަކީ ވީގަރ މުސްލިމުން ލައްވާ ގަދަ ކަމުން އަޅު މަސައްކަތް ކުރުވާ، އެމީހުން ހައްޔަރު ކޮށްފައި އެންމެ ގިނައިން ތިބި ކަމަށް ބުނާ ޗައިނާގެ ސަރަހައްދެވެ.ގިނަ ނޫސްވެރިންނާއި، އެކި އެކި ޖަމިއްޔާ ޖަމާއަތްތަކުގެ ހޯދުންތަކުގެ އަލީގައި، ޝިންޖާނުގައި ވީގަރ މުސްލިމުންނަށް ގިނަ އިންސާނީ ޙައްޤުތަކެއް ގެއްލިފަައިވާ ކަން ހާމަ ވެއެވެ. އަދި މީގެ އިތުރުން، ހައްޔަރުން ސަލާމަތްވެ ފިލާފައިވާ ގިނަ ވީގަރ މުސްލިމުންގެ ބަޔާންތަކުން ވެސް މި ސަރަހައްދުގައި މުސްލިމު ދަރިކޮޅާއި ދޭތެރޭ ކަންކުރަމުން ގެންދާ ލާ އިންސާނީ ގޮތްތައް ވަނީ ހާމަ ވެގެން ގޮސްފައެވެ.
ދާދި ފަހުން، އެމެރިކާ،އިނގިރޭސިވިލާތާއި ޖަރުމަނުވިލާތް ހިމެނޭހެން އދ ގެ 15 ޤައުމަކުން ވަނީ ވަގުތުން ވަގުތަށް ތަޙްޤީޤު ކުރުމަށް ހުރަހެއް ނެތި ޝިންޖާނަށް ދެވޭނެ ގޮތް ބައިނަލްއަޤްވާމީ ދުނިޔެއަށް ހުޅުވާލަން ޗައިނާއަށް ގޮވާލާފައެވެ.
މިދިޔަ އަހަރު ހޮންކޮންގ ގެ ރައްޔިތުން ޗައިނާގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން ދިއުމާއި ގުޅިގެން، ޗައިނާއިން ވަނީ ހޮންކޮންގާއި ދެކޮޅަށް ޤައުމީ ސަަލަމާތީ ޤާނޫނުގެ ނަމުގައު ހަރުކަށި ޤާނޫނެއް ފާސްކޮށްފައެވެ. ހޮންކޮންގ ގެ އާބާދީ މުޒާހަރާ ކުރަމުން ދިއައީ ޗައިނާގެ މެއިންލޭންޑާއި ވަކިވެ، ވަކި ޤައުމެއްގެ ގޮތުގައި އޮތުމަށް ބޭނުންވާތީއެވެ.މި ޤާނޫންގެ ސަބަބުން، ޗައިނާއަށް ތާއީދު ކުރާ ހޮންކޮންގ ހިންގާ އިދާރާތަކުން ގެންދަނީ ޑިމޮކްރެސީއަށް ދާއީދު ކުރާ ޤާނޫން ހަދާ މަޖިލީހުގެ މެންބަރުންނާއި، ވިޔަފާރިވެރިންގެ އިތުރުން، ހޮންކޮންގ ގެ މިނިވަންކަމަށް ގޮވާލާ އަޑު އުފުލާ މީހުންވެސް ހައްޔަރު ކުރަމުންނެވެ.
ކުރިން އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުގައި އޮތް ހޮންކޮންގ ޗައިނާގެ ދަށަށް ދިއައީ 1997 ވަނަ އަހަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް