އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކޮށްފި

އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކޮމާންޑަރުން ބަދަލުކޮށްފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިސް ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ  އެސްޕީޖީގެ ކ...

29 May 2021 | 12:44

އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކޮމާންޑަރުން ބަދަލުކޮށްފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިސް ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ  އެސްޕީޖީގެ ކުރިން ތިބި ކޮމާންޑަރުން ވަނީ ބަދަލުކުރެވިފައި ކަމަށާއި އަދި އަލަށްވަނީ ވަނީ އޮފިސަރުން ކަނޑައެޅިފައި ކަމަށެވެ.

އެގޮތުން އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް އައްޔަން ކޮށްފައިވަނީ ލެފްޓިނަންޓް ކާނަލް އަބްދުލް މުއިޒް މުސްތަފާ ކަމަށާއި ޑެޕިއުޓީ ކޮމާންޑިން އޮފިސަރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ މޭޖަރ މޫސާ ރަމީޒް ކަމަށާއި އަދި އެސްޕީޖީގެ ފަސްޓް ސާޖަންޓްގެ ގޮތުގައި އައްޔަންކޮށްފައިވަނީ ފަސްޓް ސާޖަންޓް އަބްދުﷲ ޖަމީލް ހަމަޖައްސާފައިވާކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކޮށްފައިމިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާގައި ރައީސް ނަޝީދުގެ ސެކިއުރިޓީއާއި ގުޅޭގޮތުން ސުވާލު އުފައްދަމުން އަންނަ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް