ކެނެރީގޭގެ ތަފްސީލީ މައުލޫމާތު ޚަބަރެއްގައި ލިޔުނު މައްސަލަ މަޖިލީހުން ބަލަނީ

ކެނެރީގޭގެ ތަފްސީލީ މައުލޫމާތު ޚަބަރެއްގައި ލިޔުނު މައްސަލަ ބަލަން މަޖިލީހުން ނިންމައިފިއެވެ. މަޖިލީހުން ނެރުނު ބަޔާނެއްގައި ވަނީ، " ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތްކަން ނަޝީދަށް ...

29 May 2021 | 12:31

ކެނެރީގޭގެ ތަފްސީލީ މައުލޫމާތު ޚަބަރެއްގައި ލިޔުނު މައްސަލަ ބަލަން މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުން ނެރުނު ބަޔާނެއްގައި ވަނީ، " ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތްކަން ނަޝީދަށް އެމް.އެން.ޑީ،އެފުން އެންގި" މި ސުރުހީގެ ދަށުން އިއްޔެ 'މިހާރު' ނޫހުގައި ލިޔެފައިވާ އާޓިކަލްގައި ހިމެނޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ޙިމާޔަތާއި ރައްކާތެރިކަމް ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މައުލޫމާތާއި، ހާއްސަކޮށް އެމަނިކިުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލީ މައުލޫމާތު ބަޔާންކޮށްފައިވާ ކަމަށެވެ.

އެފަދަ މައުލޫމާތަކީ، އާއްމުކޮށް ރާއްޖޭގެ ޤައުމީ ސަލާމަތާއި އަމަންއާމްކަން ރައްކާތެރި ކުރުުމުގެ ގޮތުން، މައުލޫމާތު އެއްކުރުމުގެ ބާރާއި އިޚްތިޔާރު ލިބިފައިވާ ބައެއްގެ ތެރެއިން އެކަމަށް ހާއްސަކޮށްފައިވާ ބަޔަކު އެއްކުރާ މައުލޫމާތުތަކެއް ކަމުގައި ދެކޭކަމަށްް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއިން ބުނެފައި ވެއެވެ.

އެހެންކަމުން އެ މައުލޫމާތު އެގޮތަށް އާއްމުވުމަކީ ރައީސް ނަޝީދުގެހިމާޔަތާއި ރައްކާތެރިކަމަށާއި، ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ މުޅި އާއިލާގެ ރައްކާތެރިކަން ގެއްލިގެން ދާ ކަމެއްކަމުގައި ދެކޭ ކަމަށް އެ ކޮމިޓީން ބުނެފައިވެއެވެ.

ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް، ސިފައިންގެ ގާނޫނުގައި ބަޔާންކުރާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ހިއްސާކުރުމަކީ މަނާކަމެއް ކަމަށާއި، ޤާނޫނީގޮތުން މަނާކަމެއްކަމަށް މަޖިލީހުގެ ކޮމިޓީއިން ބުނެފައުވެއެވެ.

އެހެންކަމުން މި މައްސަލައަކީ ގައުމީ ސަލާމަތާއި ގުޅުންހުރި ކަމަކަށް ވެފައި، ސަލާމަތި ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބަލަމުން ގެންދިއުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން، މަޖިލީހުގެ ކޮމެޓީގެ ދުސްތޫރީ ޒިންމާއެއްކަމަށްވުމުން، އެ ކޮމިޓީއިން އެ މައްސަލަ ބަލަން ނިންމާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް