މަޅިއެއްގައި ޖެހުނީމަ ބުއްދިވެރިގޮތަކީ މަޑުމަޑުން އިނުން ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ އެލެކްސް އަހްމަދު ޓްވިޓާ ހޭންޑަލުން ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ވިދާޅުވެފައިވަނީ މަޅިއެއްގައި ޖެހުނީމަ ނެއްޓޭން ތެޅިގަނެއްޖެނަމަ އިތުރު މަޅީގައި ޖެހޭނެ ކަމަށެވެ. ބުއްދިވެރިގޮތަކީ މަޑުމަޑުން އިނުން ކަމަށެވެ. މަޅިން ނެއްޓޭން އުޅޭނީ ފަހުން ކަމަށެވެ.
https://twitter.com/anedhivehirajje/status/1398588400287072259
ރައީސް ނަޝީދުގެ މި ފުންބަސް ރައްދުކުރައްވާފައިމިވަނީ ސީދާ ކާކަށްކަން ކަށަވަރެއް ނޫނެވެ. ނަމަވެސް ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ރާވާ ފަންޑުކުރި ބަޔަކު ނުހޯދޭތީ ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް