ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް ކަޑާއި ވައި ގަދަވާނެ، ސަމާލުވޭ!

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މެޓް އޮފީހުން ވަނީ މޫސުން ގޯސްވާނެތީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފަ އެވެ. އެ...

29 May 2021 | 06:04

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މެޓް އޮފީހުން ވަނީ މޫސުން ގޯސްވާނެތީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފަ އެވެ. އެލާޓު ނެރެފައި އޮތީ ހެނދުނު 8:00 ން މެންދުރު ފަހު 2:00 އަށެވެ.

މޫސުމާއި ބެހޭ ގަުއމީ އިދާރާއިން ލަފާ ކުރާ ގޮތުގައި މިވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް22 މޭލާއި27 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

ވައިގެ އިތުރުން އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ބުނެފައިވަނީ ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މި ދުވަސް ވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯހެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށްވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.

މެޓް އޮފީހާއި އެމްއެންޑީއެފުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް