ބޮލީވުޑްގެ ބަތަލާ ޕަރިނީތާ ޗޯޕްރާގެ އެކްޓިން އާއި މެދު ކުއްލިއަކަށް ސުވާލު އުފައްދަން ފެށުމުން އޭނާ ހިތްހަމަ ނުޖެހިއްޖެ އެވެ.
2011 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ޕަރިނީތީ ވަނީ ކާމިޔާޞު ފިލްމުތަކެއް ކުޅެފައި އެވެ. އެކަމަކު މިދިޔަ ދެ އަހަރެއްހާ ދުވަހު އޭނާ ކުޅުނު ހުރިހާ ފިލްމުތަކެއް ހެތް ވަނީ ފްލޮޕްވެފަ އެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާގެ އެކްޓިން އާއި މެދު ސުވާލު އުފައްދަމުންނެވެ.
އެ ސުވާލާއި ގުޅޭގޮތުން ވާހަކަ ދައްކަމުން މީޑިއާގައި ޕަރިނީތީ ބުނެފައިވަނީ އޭނާ ދާއިރާއަށް ނުކުމެ ކުޅުނު ފުރަތަމަ ފަސް ވަރަކަށް ފިލްމުގެ މޮޅުކަމުން ގިނަ ބައެއްގެ ތައުރީފު ލިބި އެވޯޑުވެސް އެ ފިލްމުތަކަށް ލިބުނު ކަމަށެވެ. އެކަމަކު މިފަހުން ކުޅުނު ފިލްމުތައް ފްލޮޕްވުމުގެ ސިއްރަކީ އޭނާގެ އެކްޓިން ކަމަށް ދެކޭތީ ހައިރާންވާ ކަމަށް ބުނެފައިވެ އެވެ.
ޕަރިނީތީ ބުނީ ކުރިން އޭނާގެ އެކްޓިން ކަމުގޮސް މިހާރު އައި ބަދަލަކީ ފިލްމު ފްލޮޕްވުމުން އެކްޓިން ކަމުނުދިއުން ކަމަށްވާއިރު އެ ފިލްމުގެ ޑައިރެކްޓަނާއި ޕްރޮޑަކްޝަނާއި އެނޫން ކަންކަމުގެ ވާހަކަވެސް ދައްކަން ޖެހޭ ކަމަށް ބުންޏެވެ.
ޕަރިނީތާ މި ފަހުން ކުޅުނު ފިލްމު ތަކުގެ ތެރެއިން ފްލޮޕްވި ފިލްމުތަކުގެ ތެރޭގައި "ދަ ގާލް އޮން ދަ ޓްރެއިން"، "ސައިނާ" އަދި "ސަންދީޕް އެންޑް ޕިންކީ" ހިމެނެ އެވެ.
ޕަރިނީތީގެ ދާއިރާއަށް ތައާރަފުވި ދުވަސްވަރު ނުކުތް އޭނާގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި، "ޝުދް ދޭސީ ރޮމޭންސް"، ހަސި ތޯހް ޕަސީ" ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް