ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 156 އަށް

ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 156 އަށް އަރައިފިއެވެ. އެޗްޕީއޭއިން ބުނެފައި ވާގޮތުގައި،ި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ84 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ރޭ11:38 ...

29 May 2021 | 04:46

ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 156 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނެފައި ވާގޮތުގައި،ި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ84 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ރޭ11:38 ހާއިރު ނިޔާވެފައެވެ.

https://twitter.com/HPA_MV/status/1398499576991031297

އިއްޔެ މެންދުރުވެސް ކޮވިޑަށް ފަރުވާދެމުން ދިޔަ މީހަކު ނިޔާވެފައި ވެއެވެ. އެއީ އުމުރުން 61 އަހަރުގެ ފިރިހެނެކެވެ. އެމީހާ މަރުވީ މެންދުރު 2:14 ގައި އެވެ.

އެޗްޕީއޭއިން ބުނީ މަރުވި އިރު އެ މީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 155 ވަނަ މީހާ އެވެ. އަދި މިއަދު ބަލީގައި މަރުވި ހަތަރު ވަނަ މީހާ އެވެ.

މިއަދު ކުރިން މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 54 އަހަރުގެ މީހަކާއި 47 އަހަރުގެ މީހެކެވެ. ދެން މަރުވެފައިވަނީ ޑީއެޗް11 ގައި ފެރުވާ ދެމުން ދިޔަ އުމުރުން 69 އަހަރުގެ މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 60،943 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 25،419 މީހުންނަކީ މިވަގުތު ކޯވިޑަށް ފަރުވާ ދެމުންދާ މީހުންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 35،365 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް