އުދަ އަރާނެކަމަށް ލަފާކޮށް، މޫސުމާއިބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށެވެ.
މި ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވެ އަދި އުދައަރާނެކަމަށް ލަފާކުރެވޭކަމަށެވެ.
މި ސަމާލު ނެރެފައިވަނީ މިރޭ ދަންވަރު 02:00 އިން މާދަމާގެ ހެނދުނު 08:00އާއި ދެމެދުގެ ވަގުތަށެވެ.
https://twitter.com/MetMaldives/status/1398384882217218049
އުދައިގެ އަސަރު މިއަދުވެސް ބައެއް ރަށަށް ކޮށްފައިވެއެވެ. އެގޮތުން ރ. މަޑުއްވަރީ، ކ. ތުލުސްދޫ، ކ. ދިއްފުށި، އަދި މ. މަޑުއްވަރީއަށް ވަރަށް ބޮޑަށް އުދައރާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް