ކުޅުދުއްފުށި އެއާޕޯޓަށް ލަފާފުރުވުމަށް އާންމުން ދިއުން މަނާކޮށްފި

ކޮވިޑު ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކުޅުދުއްފުށި އެއާޕޯޓަށް ލަފާ ފުރުފުވުމަށް އާންމުން ދިއުން މަނާކޮށްފިއެވެ. މިކަން މަނާކޮށްފައިވަނީ ކުޅުދުއްފުށި ސިޓީގެ ކޮވިޑް-19 ޓާސްކްފޯހުގެ ފަރާ...

28 May 2021 | 20:19

ކޮވިޑު ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކުޅުދުއްފުށި އެއާޕޯޓަށް ލަފާ ފުރުފުވުމަށް އާންމުން ދިއުން މަނާކޮށްފިއެވެ.

މިކަން މަނާކޮށްފައިވަނީ ކުޅުދުއްފުށި ސިޓީގެ ކޮވިޑް-19 ޓާސްކްފޯހުގެ ފަރާތުންނެވެ.

ކުޅުދުއްފުށީ ސިޓީކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގައި މާލެއިން ކުޅުދުއްފުށި ސިޓީއަށް ދަތުރުކޮށް ހޯމްކަރަންޓީން ފުރިހަމަކުރުމުގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކޭސްތަކެއް ވަނީ ފެނިފައެވެ. ވީމާ، އެއާޕޯޓަށް މީހުން ލަފާފުރުވުމަށް އާންމުން ދިއުމަކީ މަނާކަމެއް ކަމުގައި ކުޅުދުއްފުށި ސިޓީގެ ކޮވިޑް-19 ޓާސްކްފޯސްގެ ފަރާތުން ވަނީ ނިންމާފައިވާކަމަށެވެ.

" މިދުވަސްވަރަކީ މާލެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19  ރޯގާ ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށްވާތީ ކުޅުދުއްފުށީގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ނަމަވެސް މި މަސައްކަތްތަކުގެ ނަތީޖާ އެންމެ އެދެވޭގޮތެއްގައި ފެންނާނީ ރައްކާތެރިވެ ތިބުމަށް އެންމެން އެކުގައި މަސައްކަތް ކޮށްގެންކަން ފާހަގަކުރަމެވެ." އެ އިއުލާނުގައި ބުނެފައިވެއެވެ.

ކުޅުދުއްފުށީ ކޮވިޑުގެ އެންމެ ފަހުގެ ހާލަތަށް ބަލާލާއިރު އެކްޓިވް ކޭސްގެ އަދަދަކި 12 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް