ބަނޑުގެ ފޮޓޯ އާއިއެކު ލަމް ބަނޑުބޮޑުކަން ހާމަކޮށްފި

2017 ވަނަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅު ޒަވާޖީ ޙަޔާތް ފެށި މަޝްހޫރު ލަވަކިޔުންވެރިޔާ ލަމްޙާ ލަތީފް، ބަނޑުބޮޑުކަން އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފިއެވެ. އަހްމަދު މުއާޒް (ކުޑަ މުއާ) އާ ކައި...

28 May 2021 | 19:58

2017 ވަނަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅު ޒަވާޖީ ޙަޔާތް ފެށި މަޝްހޫރު ލަވަކިޔުންވެރިޔާ ލަމްޙާ ލަތީފް، ބަނޑުބޮޑުކަން އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފިއެވެ.

އަހްމަދު މުއާޒް (ކުޑަ މުއާ) އާ ކައިވެނީގެ ގޮތުން ގުޅީ، އަންނަ މަހު ކައިވެންޏަށް ހަތަރު އަހަރު ވާން ދާއިރު، ލަމްހާ ބަލިވެ އިނީ އަލަތު ދަރިފުޅަށެވެ. ލަމްގެ ކައިވެނީގެ ހަޔާތް ވަރަށް އަމާން އޮމާންކޮށް ދާކަމަށް ފެންނައިރު، ކައިވެނީގެ ފަހުން ދެމަފިރިން އެކުގައި އެކި ގައުމުތަކަށް ދަތުރުކޮށްފައިވެއެވެ.

މީގެ ކުރިން ދެމަފިރިން އެކުގައި ދީފައިވާ އިންޓަވިއުއެއްގައި މުއާ ބުނެފައި ވަނީ، އަހަރަކު 'ބޮޑު ދެ' ޗުއްޓީއެއް ހޭދަކުރުމަށް ޕްލޭންކުރާ ކަމަށެވެ.

އުމުރުން ގާތްގަނޑަކަށް ނުވަ އަހަރުގައި އިންޓަރ ސްކޫލް ލަވަކިޔުމުގެ މުބާރާތުގައި އެންމެ ފުރަތަމަ ލަމްހާ ފެންނަން ފެށިއެވެ.2001 ވަނަ އަހަރުން ފެށިގެން2006 ވަނަ އަހަރާ ހަމައަށް އިންޓަރ ސްކޫލް ލަވަކިޔުމުގެ މުބާރާތުގައި ލަމްހާ ބައިވެރި ވެފައި ވެއެވެ.

https://www.instagram.com/p/CPayhHmnnWX/

އޭގެ ފަހުން2011 ވަނަ އަހަރު 'އެހަނދާނުގައި' ޝޯއިންވެސް ވިދާލި ލަމްހާ ލަޠީފް، ލަަވަކިޔުމުގެ އިތުރުން ޝޯތައް ހުށަހެޅުމުގައިވެސް ހަރަކާތްތެރިވެއެވެ. މީގެ އިތުރުން ބައިސްކޯފުން ގެނެސްދާ 'ކަރުހަކުރު' ޑްރާމާ ސީރީޒްގައިވެސް ލަމް ފެނިގެންގޮސްގައި ވެއެވެ.

މައިންބަފައިންނާއެކު ވަރަށް ހަގު އުމުރުގައި އެކި ގައުުމުތަކަށް ދަތުރުކުރަން ފަށާފައި ވާއިރު، މިހާތަނަށް25 ގައުމަކަށް ލަމް ދަތުރުކޮށްފައި ވެއެވެ.

ކޮވިޑްގެ ތެރޭގައިވެސް ލަމް އާއި މުއާ ވަނީ ބޭރު ގައުމަކަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އިޖިޕްޓަށް ދިޔަ ގޮތާމެދު ލަމް ބުނެފައި ވަނީ، އެއީ ކޮއްކޮގެ ގްރެޖުއޭޝަންއަށް އަށް ލަންކާއަސް ދިއުމަށްފަހު ރާއްޖެ އައި މަގުމަތީގައި އިޖިޕްޓްގައު ޗުއްޓީ ހޭދަކޮށްލީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް