ކޯވިޑް-19 ކޮންޓްރޯލް ކުރުމުގެ ގައުމީ މަސައްކަތުގައި ބައިވެރިވުމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
އެޗްއީސޯސީގައި މަސައްކަތް ކުރަން ވޮލެންޓިއަރުން ހޯދަން އިއުލާނު ކުރީ މިދިޔަ ހަފްތާގައި އެވެ.
އެޗްޕީއޭއިން ރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކޯވިޑް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް އެތައް ސަތޭކަ ބަޔަކު ޝައުގުވެރިކަން ފާޅު ކުރުމަކީ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށެވެ. އެޗްޕީއޭއިން ބުނީ ހުޅުވާލި ފުރުސަތުގައި މިހާތަނަށް 1،000 އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންވެ ވަގުތީ ގޮތުން ވޮލެންޓިއަރުންނަށް ވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ބަންދުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސް ކުރުން ކަމަށް ބުންޏެވެ.
https://twitter.com/HPA_MV/status/1398322262982348802
ވޮލެންޓިއަރުން ހޯދަން އިއުލާނު ކުރީ މިމަހުގެ 24 ވަނަ ދުވަހު އެވެ.
އެޗްއީއޯސީގައި ވޮލެންޓިއަރުންގެ ގޮތުގައި މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެމީހުން މަސައްކަތް ކުރަނީ އެޗްއީއޯސީ ކޯލް ސެންޓަރުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް