ގައިދީންގެ ޕްރޮމޯޓު ކުރާ ކަމަށް ބުނެ ބްރޯޑްކޮމް އިންވެސް އިންޒާރު ދީފި

ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ އިންޓަވިއު ބްރޯޑްކާސްޓު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން ޓީވީ ސްޓޭޝަން ތަކާއި ރޭޑިއޯ ސްޓޭޝަން ތަކަށް ދީފި އެވެ. ބްރޯޑްކާސްޓަރުން...

29 May 2018 | 15:38

ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ އިންޓަވިއު ބްރޯޑްކާސްޓު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން ޓީވީ ސްޓޭޝަން ތަކާއި ރޭޑިއޯ ސްޓޭޝަން ތަކަށް ދީފި އެވެ.

ބްރޯޑްކާސްޓަރުންނަށް މި އިންޒާރު ދީފައި ވާއިރު ހޯމް މިނިސްޓްރީން ވަނީ ނޫސްތަކަށް ވެސް މި އިންޒާރު ދީ މިއަދު ބަޔާނެއް ނެރެފަ އެވެ. ހުރިހާ ޓީވީ ސްޓޭޝަންތާކާއި ރޭޑިއޯތަކަށް ބްރޮޑްކޮމް އިން މިއަދު ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ޝަރުއީ ހުކުމެއް ތަންފީޒު ކުރާ ފަރާތްތަކާ ބައްދަލުކޮށް އެއްވެސް މައުލޫމާތެއް ހޯދައި އެ މައުލޫމާތު ބޭނުން ކުރަން ވާނީ ޕެރޯލްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށް ސާކިއުލާގައިވެ އެވެ.

ގައިދީން ޕްރޮމޯޓްކޮށް ކުރިއަށް ނެރެ އެ މީހުންގެ ޝަހުސު އޮޅޭ ފަދަ މައުލޫމާތުތައް ފަތުރަމުންދާ ކަމުގެ ކަންބޮޑުވުން ކަމާ ގުޅޭ ފަރާތްތަކުން އެ ކޮމިޝަނަށް ވެސް ހިއްސާކޮށްފައިވާ ކަމަށް ސާކިއުލާގައިވެ އެވެ. އަދި މިއީ ގާނޫނާއި ގަވާއިދާ ހިލާފު ކަންތައްތަކެއް ކަމަށާއި މިފަދަ ކޮންޓެންޓް ނުފޮނުވުމަށް އަންގާ ކަމަށް ވެސް ބްރޮޑްކާސްޓިން ކޮމިޝަނުން  ބުނެފަވެ އެވެ.

ހޯމް މިނިސްޓްރީ އާއި ބްރޮޑްކޮމް އިން މީޑިއާތަކަށް މި ގޮތަށް އިންޒާރު ކުރި އިރު، ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކޮށް، "ޖަޒީރާ ރައީސް"ގެ ނަމުގައި މުޅި ރާއްޖޭގައި ކެމްޕޭނެއް ހިންގަމުން އެވެ. ގައިދީން ބައިވެރިކޮށްގެން ސިޔާސީ ކެމްޕެއިން ނުހިންގުމަށާއި ރިޔާސީ ޕްރައިމަރީ ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީއަށް އަންގައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް