ގައިދީންގެ އިންޓަވިއު ގެނެސްދޭނަމަ ގާނޫނީ ފިޔަވަޅު އަޅާނަން

ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ އިންޓަވިއު ބްރޯޑްކާސްޓުކޮށް އެމީހުން ޕްރޮމޯޓު ކުރުމުގެ ހަރަކާތްތައް ހިންގާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓްރީން ދީފި އެވެ. ހޯމް މިނިސްޓްރީ...

29 May 2018 | 11:00

ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ އިންޓަވިއު ބްރޯޑްކާސްޓުކޮށް އެމީހުން ޕްރޮމޯޓު ކުރުމުގެ ހަރަކާތްތައް ހިންގާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓްރީން ދީފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރެނު ބަޔާނެއްގައި ބުނެފައިވަނީ ގައިދީންނާއި ގުޅޭ އެއްވެސް ވާހަކައެއް ޝާއިއު ކޮށް އާންމު ކުރަން ޖެހޭނީ އެކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތްވާގޮތުގެ މަތިންކަމަށެވެ.އެ ބަޔާނުގައި ބުނެފައިވަނީ އެގޮތަށް އަމަލު ނުކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަން މީގެ ކުރިން ވާނީ ތަކުރާރުކޮށް ހަނދާން ކޮށްދީފަ ކަމަށެވެ.

އެކަމަކު މި ފަހަކަށް އައިސް ގައިދީންގެ ނަމުގައި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި، އަމިއްލަ ފަރުދުން އަދި ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ގައިދީން ޕްރޮމޯޓު ކުރާ ކަމަށެވެ. ހޯމް މިނިސްޓްރީން ބުނީ ޝަހްސު އޮޅޭގޮތަށް ހިންގާ އެ ކަންކަމަކީ ގާނޫނާއި ހިލާފު ކަންކަން ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ އެ ފަދަ ފަރާތްތަކާއި މީޑިއާގެ ވަސީލަތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް