ރޯދަ އާއި ނުގުޅޭ ފޮޓޯ ޕޯސްޓު ކުރާ ކަމަށް ބުނެ ހީނާއަށް ފާޑު ކިޔުން!

ޓީވީ ތަރި ހީނާ ހާން ރޯދަ މަހާއި ނުގޫޅޭ ފޮޓޯ އިންސްޓަގްރާމްގައި ޕޯސްޓު ކުރާ ކަމަށް ބުނެ އޭނާގެ ސަޕޯޓަރުން ފާޑު ކިޔަން ފަށައިފި އެވެ. ރޯދަ މަސް ފެށުން ފަހުން އިންޑިއާގެ ހައިދަރްއާބާދުގައި ބޭއްވި ޝޯއެއްގ...

29 May 2018 | 07:03

ޓީވީ ތަރި ހީނާ ހާން ރޯދަ މަހާއި ނުގޫޅޭ ފޮޓޯ އިންސްޓަގްރާމްގައި ޕޯސްޓު ކުރާ ކަމަށް ބުނެ އޭނާގެ ސަޕޯޓަރުން ފާޑު ކިޔަން ފަށައިފި އެވެ.

ރޯދަ މަސް ފެށުން ފަހުން އިންޑިއާގެ ހައިދަރްއާބާދުގައި ބޭއްވި ޝޯއެއްގައި ބައިވެރިވުމަށް ފަހު ނަގާފައިވާ ފޮޓޯތަކެއްގައި ހީނާ ހުންނަނީ ވަރަށް ކުރު ހެދުން ތަކެއް ލައިގެންނެވެ. ބަނޑު ފެންނަ ހެދުންތަކާއި، ތިރީ ކޮޅުން ރަނގަޅަށް ނިވާ ނުވާ ހެދުންތަކެއް ލައިގެން ނަގާފައިވާ އެތައް ފޮޓޯއެއް އޭނާ އިންސްޓަގްރާމް ކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން އޭނާގެ ފޭނުން އެ ފޮޓޯތަކަށް ކޮމެންޓު ކުރަމުން ބުނެފައިވަނީ މުސްލިމަކަށް ވެހުރެ ކުޑަ މިނުން ރޯދަ މަހު ދީނަށް އިހުތިރާމް ކުރުމަށް އެދޭ ކަމަށެވެ. ބައެއް މީހުން ވަނީ ހީނާއަށް ރޯދަ މަހު އުޅެންވާ ގޮތް ނޭނގޭ ކަމަށެވެ.

ހީނާގެ އިތުރުން މިދިޔަ އަހަރުގެ ރޯދަ މަހު ތެރޭގައި "ސީކްރެޓް ސުޕާ ސްޓާ" ގެ ބަތަލާ ފާތިމާ ކުރު ހެދުންތަކެއް ލައިގެން ހުރެ ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމް ކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށްވެސް އަމާޒުވި އެވެ.

ހީނާ މަޝްހޫރުވެފައިވަނީ ސްޓާ ޕަލަސް އިން ދައްކާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިންނެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ބިގް ބޮސް 11 އިންވެސް އޭނާއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް