ބަލަން ޖެހުނީމަ ނުގޮސް ގީތާގެ ދަރިފުޅު ޖަނާޒާގައި ބައިވެރިވެއްޖެ

ބޮލީވުޑްގެ ކުރީގެ ބަތަލާ ގީތާ ކަޕޫރު ބަލާނެ މީހަކު ނެތިގެން މުސްކުޅިން ބަލާ ގެއެއްގައި ގެންގުޅެނިކޮށް މަރުވުމުން ޖަނާޒާގައި ބައިވެރިވުމަށް އޭނާގެ އަންހެން ދަރިފުޅާއި ދައްތަ ހިނގައްޖެ އެވެ. ގީތާގެ ޖަނާ...

29 May 2018 | 06:47

ބޮލީވުޑްގެ ކުރީގެ ބަތަލާ ގީތާ ކަޕޫރު ބަލާނެ މީހަކު ނެތިގެން މުސްކުޅިން ބަލާ ގެއެއްގައި ގެންގުޅެނިކޮށް މަރުވުމުން ޖަނާޒާގައި ބައިވެރިވުމަށް އޭނާގެ އަންހެން ދަރިފުޅާއި ދައްތަ ހިނގައްޖެ އެވެ.

ގީތާގެ ޖަނާޒާ ބާއްވާފައިވަނީ ރޭގެ ވަގުތެއްގައި އެވެ. ޖަނާޒާގައި އެ ދެމީހުން ބައިވެރިވެ އަމަލީގޮތުން އިސްދައުރެއް އަދާ ކުރުމުން ގީތާ އަށް ފަހު ވަގުތު އެހީވި އުމުރުން ދުވަސްވީ މީހުންގެ ހިންގާ މީހުންނާއި ޑައިރެކްޓަރު އަޝޯކް ޕާންޑޭ ވަނީ އެމީހުންނަށް ޖަނާޒާ ކަންކަން ކުރުމަށް ފުރުސަތު ދިނުމަށް އޭނާގެ ދަރިފުޅު ކިބައިން އެދިފަ އެވެ. އެކަމަކު އެކަމަށް އެމީހުން ޖަވާބެއް ނުދީ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދިޔައީ ކަމަށް އަޝޯކް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެ އެވެ.

އޭނާ މަރުވެފައިވަނީ އާއިލާއިން ނުބަލައި ދޫކޮށްލުމުން މުސްކުޅިން ބަލާ ގެއެއްގައި އުމުރުގެ ދުވަސްތައް ހޭދަކުރަމުން ދަނިކޮށެވެ. މަރުވި އިރު އުމުރަކީ 57 އަހަރެވެ. އަޝޯކް ބުނެފައިވަނީ ގީތާ މަރުވި އިރުވެސް ދިޔައީ ކުދިން އޭނާ އާއި ބައްދަލު ކުރަން އަންނާނެ ކަމަށް އުންމީދު ކުރަމުން ކަމަށާއި ކޮންމެ ހަފްތާއަކު އެ ކުދިންގެ ހަބަރެއް ވޭތޯ ބަލަން ގީތާ އޭނާއަށް ގުޅާ ކަމަށެވެ.

ގީތާގެ ދަރިން އޭނާ ހޮސްޕިޓަލަށް ދޫކޮށްލުމަށް ފަހު ފިލީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެވެ. ހޮސްޕިޓަލް ބިލުތަކަށް ފައިސާ ދެއްކޭނެ ގޮތެއް ނެތިފައި އޮތް ގީތާގެ ބިލްތަކަށް އެރި ފައިސާ ދައްކައި ދިނީ ބޮލީވުޑްގެ ދެ ޑައިރެކްޓަރުންނެވެ.

ގީތާ ހޮސްޕިޓަލަށް ދޫކޮށްލާފައި ފިލީ އޭނާގެ ފިރިހެން ދަރިފުޅުގެ ދެމަފިރިންނެވެ. ގީތާގެ އަންހެން ދަރިފުޅު އޭނާ ދޫކޮށް މީހަކާ އިނދެގެން ފިލައިގެން ދިޔަތާ އެތައް އަހަރެއް ވެއްޖެ ކަަމަށް ގީތާ އޭރު ބުންޏެވެ.

ގީތާ މަޝްހޫރުވީ 1972 ވަނަ އަހަރު ރިލީޒް ކުރި "ޕަކީޒާހް" ކިޔާ ފިލްމަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް