ކުރިން ކުޅުނު ގޮތަށް ދެން ކަރީނާ ފިލްމެއް ނުކުޅޭނެ!

އަންނަ މަހު އެކެއްގައި ރިލީޒް ކުރާ ބަތަލާ ކަރީނާ ކަޕޫރުގެ ފިލްމު "ވީރް ދި ވެޑިން" އަށް ފަހު ފިލްމު ކުޅުމަށް ބަދަލުތަކެއް ގެންނާނެ ކަމަށް އޭނާ ބުނެފި އެވެ. ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކަރީނާ ބުނީ ...

29 May 2018 | 06:23

އަންނަ މަހު އެކެއްގައި ރިލީޒް ކުރާ ބަތަލާ ކަރީނާ ކަޕޫރުގެ ފިލްމު "ވީރް ދި ވެޑިން" އަށް ފަހު ފިލްމު ކުޅުމަށް ބަދަލުތަކެއް ގެންނާނެ ކަމަށް އޭނާ ބުނެފި އެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކަރީނާ ބުނީ ދެން ކުޅޭނީ އަހަރަކު ފިލްމެއް ކަމަށެވެ. ދަރިފުޅު ތައިމޫރު އަލީ ހާން ވިހެއުމުގެ ކުރިން ކަރީނާ އަހަރަކު ތިން ހަތަރު ފިލްމަށް ސޮއި ކުރެ އެވެ. އަހަރަކު ފިލްމެއް ކުޅޭއިރުވެސް ކަރީނާ ސޮއި ކުރާ ފިލްމެއްގެ މަސައްކަތް 50 ދުވަހުން ނިމެންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އަހަރަކު ފިލްމެއް ރިލީޒް ވާއިރު އެ ފިލްމު ނުހިނގުމަކީ މައްސަލައެއް ކަމަށް ނުދެކޭނެ ކަމަށާއި ފޭނުންވެސް އެގޮތަށް ގަބޫލު ކުރުން އެދޭ ކަމަށެވެ.

މި ނިންމުން ކަރީނާ ނިންމި ސަބަބެއް އޭނާ ހާމައެއް ނުކުރެ އެވެ. އެކަމަކު ބެލޭގޮތުގައި ފިލްމު ކުޅުމާއި ކޮންމެސް ވަރަކަށް ދުރުވާން ނިންމީ ތައިމޫރަށް ވަގުތު ދިނުމަށް ކަމަށް ބެލެވެ އެވެ.

ކަރީީނާ އެންމެ ފަހުން ފެނިގެން ދިޔައީ 2016 ވަނަ އަހަރު ރިލީޒް ކުރި "އުޅްތާ ޕަންޖާބު" އިންނެވެ. އެއީ ތައިމޫރު ވިހެއުމުގެ ކުރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް