ސާކް ފިލްމު ފެސްޓިވަލްގައި މިފަހަރު ރާއްޖެއަށް އެވޯޑެއް ނުލިބުނު!

ސްރީލަންކާގައި ކުރިޔަށް ދިޔަ ސާކް ފިލްމު ފެސްޓިވަލްގައި މިއަހަރު ރާއްޖެ އެއްވެސް އެވޯޑަކާއި ނުލައި އެނބުރި އަންނަން ޖެހިއްޖެ އެވެ. މިއަހަރު ރާއްޖެއިން މި ފެސްޓިވަލްގައި ބައިވެރިކޮށްފައިވަނީ ފިލްމު "ހަ...

29 May 2018 | 05:56

ސްރީލަންކާގައި ކުރިޔަށް ދިޔަ ސާކް ފިލްމު ފެސްޓިވަލްގައި މިއަހަރު ރާއްޖެ އެއްވެސް އެވޯޑަކާއި ނުލައި އެނބުރި އަންނަން ޖެހިއްޖެ އެވެ.

މިއަހަރު ރާއްޖެއިން މި ފެސްޓިވަލްގައި ބައިވެރިކޮށްފައިވަނީ ފިލްމު "ހައްދު" "4426" އަދި ކުރު ފިލްމު "ސްޓޭޓަސް" އާއި "ބިތުފަންގި" އެވެ. މީގެ ތެރެއިން "ހައްދު" "4426" އަކީ މަރިޔަމް އައްޒަ ލީޑްރޯލް ކުޅެފައިވާ ފިލްމުތަކެވެ.

މިދިޔަ އަހަރު މި ފެސްޓިވަލްގައި ސަރަހައްދުގެ އެންމެ މޮޅު ބަތަލާގެ އެވޯޑު އުފުލާލީ "ވިޝްކާ"އިން އާއިޝަތު ރިޝްމީ ރަމީޒެވެ. މިފަހަރު އެއްވެސް އެވޯޑެއް ނުލިބުމުން އެކަމާ ގުޅޭގޮތުން ޑައިރެކްޓަރު ފާތުމަތު ނަހުލާ ބުނެފައިވަނީ އެވޯޑެއް ނުލިބުނަސް ފިލްމަށް ބޭރުގެ އޯޑިއަންސްގެ ފަރާތުން ލިބުނު ތަރުހީބާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

މި ފެސްޓިވަލް ކުރިޔަށް ދިޔައީ މިމަހުގެ 22 ން 27 އަށެވެ. ފިލްމުތައް ބައިވެރިކޮށްފައިވަނީ އިންޑިއާ، ބަނގްލަދޭޝް، ޕާކިސްތާން އަދި ބޫޓާނުންނެވެ.

މީގެ ތެރޭގައި ހިމެނެނީ ފީޗާ ފިލްމް ކެޓަރީން ބައިވެރިކޮށްފައިވާ 17 ފިލްމާއި ކުރު ފިލްމުގެ ކެޓަގަރީން ބައިވެރިކޮށްފައިވާ 10 ފިލްމެވެ. ފީޗާ ފިލްމުގެ ބައިން އެއްވަނަ ހޯދީ ބަނގްލަދޭޝްގެ ފިލްމު ހަލްޑާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް